ޑައިރެކްޓަރަކީ ޓޮމް ހާލާ، އަލިއާ ހިމަނައިގެން ހަދާ މި ފިލްމް އަންނާނީ ނެޓްފްލިކްސް ޕްލެޓްފޯމަށެވެ. އަންނަ އަހަރު ނެރޭ "ހާޓް އޮފް ސްޓޯން" މި ފިލްމުގައި އާލިއާގެ އެކްޝަން ރޯލެއް ހިމެނެ އެވެ.
ބޮލީވުޑްގައި އެންމެ ކުޅަދާނަ ބަތަލާއިންގެ ތެރޭ މިހާރު ހިމެނޭ އުމުރުން 28 އަހަރުގެ އާލިއާ ބަޓްގެ ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" ގެ ޓީޒާ ދައްކާލައިފި އެވެ.
އާލިއާ ހިމަނާފައިވާ މި ފިލްމަކީ "ސްޕައި ތުރިލާ" އެކެވެ. ފިމްގައި އާލިއާއާއެކު ހޮލީވުޑްގެ ގަލް ގެޑޯ އާއި މަޝްހޫރު "ފިފްޓީ ޝޭޑްސް" ގެ އެކްޓަރު ޖެމީ ޑޯނަން ވެސް ހިމެނެ އެވެ.
ޑައިރެކްޓަރަކީ ޓޮމް ހާލާ، އަލިއާ ހިމަނައިގެން ހަދާ މި ފިލްމް އަންނާނީ ނެޓްފްލިކްސް ޕްލެޓްފޯމަށެވެ. އަންނަ އަހަރު ނެރޭ "ހާޓް އޮފް ސްޓޯން" މި ފިލްމުގައި އާލިއާގެ އެކްޝަން ރޯލެއް ހިމެނެ އެވެ. މިއީ އާލިއާގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓެވެ. މި ޕިލްމުގެ ޓީޒާއެއް ނެރުނު އިރު އޭނާ އާއި ފިރިމީހާ ރަންބީރް ކަޕޫރުގެ "ބުރައްމަސްތުރާ" މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ.