"ވަގުތު ނެތުމާއި އަދި ފަންޑު ވެސް ނެތުމާ އެކު އެދެވޭ ނަތީޖާއެއް ލިބިދާނެ ކަމަށް އަޅުގަނޑަށް އުއްމީދެއް ނުކުރެވޭ،" ނިޝާމާގެ ނިންމުން ބަދަލުކުރި މައިގަނޑު ސަބަބު ހާމަކޮށް ބުނެފައިވެ އެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ދާންދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައި ވާދަ ކުރާ ކެންޑިޑޭޓް ފަހަތަށް ޖެހި އޭނާގެ ތާއީދު އެ ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަށް އޮތްކަން ހާމަކޮށްފި އެވެ.
ދާންދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައި ވާދަކުރަން ނިންމީ އެ ޕާޓީގައި ވަރަށް ގިނަ ދުވަސްވީ މެންބަރެއް ކަމަށްވާ ނިޝާމާ މުހައްމަދެވެ. އޭނާ ގެންދިޔައީ މިދިޔަ ދުވަސްތަކުގައި ވަރުގަދަ ކެމްޕެއިނެއް ހިންގަމުންނެވެ.
ނަމަވެސް މިރޭ އޭނާ ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ އިންތިހާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނިކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާ އިހްތިރާމާ އެއްބާރުލުން އަދި ތަރުހީބު ލިބުނު ކަމަށެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށެވެ.
"ވަގުތު ނެތުމާއި އަދި ފަންޑު ވެސް ނެތުމާ އެކު އެދެވޭ ނަތީޖާއެއް ލިބިދާނެ ކަމަށް އަޅުގަނޑަށް އުއްމީދެއް ނުކުރެވޭ،"
އެހެންކަމުން އެންމެ މަސްލަހަތު ހަމަޖެހޭނެ ގޮތެއް ކަމަށް މިހާލަތު ގައި އޭނާއަށް ވިސްނެނީ ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ ކެންޑިޑޭޓަށް ދިނުމަށް ކަމަށެވެ.
ޕީއެންސީގެ ޓިކެޓްގައި ދާންދޫ ދާއިރާއަށް ވާދަކުރާ މުހައްމަދު ފަޒީލް ވަނީ ނިޝާމާގެ ނިންމުމަށް މަރުހަބާއާ ޝުކުރު އަދާކޮށް ނިޝާމާގެ ބައިވެރިވުން އޭނާގެ ކެމްޕެއިނަށް ވަރަށް މުހިންމު ކަން ހާމަކޮށްފައެވެ.
ތި ނިޝާމާއަކަށް ރައްޔިތުންގެ ޖީބުން ބޮޑު އެއްޗެއް ދޭން ޖެހޭނެކަން ޔަގީން ޓިކެޓް ދޫކޮށްލާ މަތިން