މާލޭ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއް ހިންގާ ފަރާތެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.
ވިލިމާލެ ލޯކަލް މާރުކޭޓުގައި ހުސް ވެފައިވާ ގޮޅިތަކަށް އެދޭ މުއްދަތު މާލޭ ސިޓީ ކައުންސިލުން އިތުރު ކޮށްފި އެވެ.
ވިލިމާލޭ މާރުކޭޓުން ހުސްވި ގޮޅިތަކަށް މަހަކު 1050 ރުފިޔާ ދައްކަންޖެހެ އެވެ. ކުއްޔަށް ދޫކުރަނީ އެއް އަހަރަށެވެ. ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ އޭޕްރީލް 18 އިގެ ނިޔަލަށް ފޯމް ހުށަހަޅަންޖެހެ އެވެ.
ކުއްޔަށް ހިފުމަށް ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއް ކަމުގައިވުމާއި އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ސަރުކާރުގައި ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
އަދި މާލޭ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއް ހިންގާ ފަރާތެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.