ޔޫއެސްސީ 24 ވަނަ ގުރުއާން މުބާރާތް؛ އުޖާލާ ނޫރަކީ އިބާނާ

ގުރުއާންގެ އިލްމަށް ވަރަށް ބޮޑު ޝައުގުވެރިކަން އޮތް މަތިވެރީ ގައި ބާއްވާ މި މުބާރާތަށް ރަށުގެ ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އިންތިޒާރު ކުރެ އެވެ.

ޔޫއެސްސީ 24 ވަނަ ގުރުއާން މުބާރާތުގެ އުޖާލާ ނޫރަކީ އިބާނާ އަށް އިނާމް ހަވާލު ކުރަނީ

އަލްމަރްހޫމާ ނޫރަންނަހާރު ޒަކަރިއްޔާގެ ހަނދާނު ގައި ބޭއްވި ޔޫއެސްސީ 24 ވަނަ ގުރުއާން މުބާރާތުގެ އެއްވަނަ އާއިޝަތު އިބާނާ އާގިލް ހޯދައިފި އެވެ.

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން މި މުބާރާތް ބާއްވަން ފެށީ މީގެ 24 އަހަރު ކުރީންނެވެ. އަތޮޅުތެރޭގައި ޖަމިއްޔާއަކުން ބާއްވާ އެންމެ ގިނަ ދުވަސްވީ / އެންމެ ޝަރަފުވެރި އެއް މުބާރާތަކީ މިއީ އެވެ.

ރަމަޟާން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހަށް -- ޖުމްލަ ތިން ދުވަހަށް ކުރިއަށް ގެންދިޔަ މުބާރާތު ގައި 153 ބައިވެރީން ވާދަކޮށްފައިވެ އެވެ.

އަލްމަރްހޫމާ ނޫރަންނަހާރު ޒަކަރިއްޔާގެ ހަނދާނު ގައި ބޭއްވި ޔޫއެސްސީ 24 ވަނަ ގުރުއާން މުބާރާތު އެއްވަނަ ، ދެވަނަ އަދި ތިންވަނަ އަށް ހޮވުނު ބައިވެރީން

މުޅި އއ އަތޮޅަށް ހުޅުވާލައިގެން ބޭއްވި މުބާރާތު ގައި އަތޮޅުގެ ބައެއް ރަށްރަށުން ވެސް ބައިވެރީން ވާދަކުރި އެވެ.

މުބާރާތް ކުރިއަށް ގެންދިޔައީ 10 އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. މި އަހަރުގެ މުބާރާތުގެ އެއްވަނަ -- "އުޖާލާ ނޫރު 2024" ހާސިލުކުރީ އާއިޝަތު އިބާނާ އާގިލް އެވެ.

އަލްމަރްހޫމާ ނޫރަންނަހާރު ޒަކަރިއްޔާގެ ހަނދާނު ގައި ބޭއްވި ޔޫއެސްސީ 24 ވަނަ ގުރުއާން މުބާރާތު އެއްވަނަ ، ދެވަނަ އަދި ތިންވަނަ އަށް ހޮވުނު ބައިވެރީން

މުބާރާތުގެ ދެވަނަ ހޯދީ ނާއިމް ބިން އަހްމަދު ނާހިދު އެވެ. ތިންވަނަ ލިބުނީ ފާތިމަތު ޝައިހާ ފަހްމީ އަށެވެ.

ގުރުއާންގެ އިލްމަށް ވަރަށް ބޮޑު ޝައުގުވެރިކަން އޮތް މަތިވެރީ ގައި ބާއްވާ މި މުބާރާތަށް ރަށުގެ ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އިންތިޒާރު ކުރެ އެވެ.

ޔޫއެސްސީ 24 ވަނަ ގުރުއާން މުބާރާތުގެ އުޖާލާ ނޫރަކީ އިބާނާ

ޔޫއެސްސީއަކީ މުޅި އަރިއަތޮޅުގައިވެސް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. މަތިވެރިއާ މުޅި އަތޮޅަށް އަމާޒުކޮށްވެސް އެކި މުބާރާތްތައް ކުރިއަށް ގެންދެއެވެ. އެންމެ ފާހަގަކޮށްލެވެނީ މިދިޔަ 24 އަހަރު މެދުކެނޑުމެއް ނެތި މަތިވެރީގައި ބާއްވަމުން އައި ގުރުއާން މުބާރާތެވެ. މަތިވެރީގެ އިޖްތިމާއީ ތަރައްގީއަށް ކުރެވުނު ކޮންމެ މަސައްކަތެއްގައި ޔޫއެސްސީގެ ދައުރު ބޮޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.