މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ/ވީޑިއޯ ފޮނުވަން އެދިއްޖެ

ކައުންސިލުން ދަނީ މަގުމަތީގައި ކުނި ބަހައްޓާ މީހުން، ކުނި ބަހައްޓާ ކޮންމެ ފަހަރަކަށް 500 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ.

މަގުމަތީގައި ކުނި ބަހައްޓާފައި -- މި

މާލޭ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށްދޭން މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

އެ ކައުންސިލުން ބުނީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތައް ދަނީ ފާހަގަ ކުރެވެމުންދާ ކަމަށެވެ. މި ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ 9341144 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވައިދިނުމަށް ވަނީ އެދިފަ އެވެ.

ނުވަތަ، ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ފޮނުވުމަށް ވަނީ އެދިފަ އެވެ.

މާލޭ މަގުމަތީގައި މިދވަސްކޮޅު ކުނީގެ މައްސަލަ ބޮޑުވެ، ސިޓީ ކައުންސިލުން ދަނީ މަގުތަކުގައި ބަހައްޓާފައި ހުރި ކުނިތައް ނަގަމުންނެވެ. މަގުމަތީގައި ކުނި ގިނަވާން ފެށީ ރޯދައަށް ގޭބިސީތައް ސާފުކުރުމަށްފަހު މަގުމަތީގައި ކުނި ބަހައްޓަން ފެށުމުންނެވެ.

ކައުންސިލުން ރޭ ވެސް ވަނީ 30 ޓަނުގެ ކުނި ނަގާފަ އެވެ. ކޮންމެ ރެޔަކު އެވަރަކަށް ކުނި ނަގަ އެވެ. ކައުންސިލުން ދަނީ މަގުމަތީގައި ކުނި ބަހައްޓާ މީހުން، ކުނި ބަހައްޓާ ކޮންމެ ފަހަރަކަށް 500 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ.

ކުނި ބަހައްޓާ މީހުން ޖޫރިމަނާ ކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާއިރު، މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.