މިދަތުރުފުޅަށް ހޭދަ ކުރައްވާނީ ކިހާ ދުވަހެއް ކަމެއް ސާފެއް ނުވެ އެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ނުރަސްމީ ދަތުރުފުޅެއް ކަމުން މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރެ އެވެ.
ރޭ ދަންވަރު އެ އޮފީހުގެ ވެބްސައިޓް ގައި ހިއްސާކުރި ހަބަރެއްގައި ބުނެފައި ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި ކަމަށެވެ.
އެހެން ކަމުން މިދަތުރުފުޅަށް ހޭދަ ކުރައްވާނީ ކިހާ ދުވަހެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.
އެއްވެސް ރައީސަކު ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލެއް މީގެ ކުރީން ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ހަމައެކަނި މައުލޫމާތު ހިއްސާ ކުރަނީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުން އެކަން އަދި އެނބުރި ވަޑައިގަތުމުން އެ މައުލޫމާތެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުން ވެސް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ސިންގަޕޫރަށެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ތުރުކީ އާއި ޔޫއޭއީ އަދި ޗައިނާ އަށް ވަނީ ވަޑައިގެންފައެެވެ.