ފަސް އަހަރަށްފަހު ބްރިޖުގެ މެއިންޓަނަސް ފަށަނީ، ކުރާނީ ސީސީސީއިން

ބްރިޖަކީ ކުރިން ޝެޑިއުލްކޮށް މެއިންޓަނަންސް ކުރަމުން ދިޔަ ތަނެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެކަން ކުރުން ހުއްޓާލާފަ އެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ -- ޔާމިން މުޙައްމަދު / މިރާ

މަރާމާތު ނުކޮށް ދޫކޮށްލާފައި ބާއްވާތާ ފަސް އަހަރު ފަހުން ސިނަމާލެ ބްރިޖުގެ މެއިންޓެނެސް މަސައްކަތް ކުރަން ޗައިނާގެ ސީސީސީ އަށް ހަވާލު ކޮށްފި އެވެ. 

އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި ސަފީރު ވަން ލީޝިން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތޮލިބު އެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ބްރިޖުގެ މަސައްކަތް ކުރި ޗައިނާ ސްޓޭޓް އިންޖިނިއަރިން ކުންފުނިންނެވެ. 

ބްރިޖުގެ މަރާމާތުގެ މަސައްކަތް ފަށަން ތައްޔާރުވެފައި މިވަނީ މާރާމާތުނުކޮށް ހަލާކުވާން ދޫކޮށްލާފައި އޮންނަތާ ފަސް އަހަރުފަހުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައިފަހުން މި ބްރިޖުގެ މަރާމާތުކޮށްފައެއް ނެތެވެ. ނަމަވެސް އޭގެ ކުރީގައި ބްރިޖަކީ ގަވައިދުން ޝެޑިއުލްކޮށް މަރާމާތު ކުރަމުން ދިޔަ ތަނެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.