ރާއްޖެއަށް ފްރާންސުގެ ބްރޭންޑަކަށް ނިސްބަތްވާ ރިސޯޓެއް

މާލެ އަތޮޅު ފަޅެއްގައި ތަރައްގީ ކުރާ މި ރިސޯޓު ހުޅުވަން ނިންމާފައިވަނީ 2027 ވަނަ އަހަރު އެވެ..

އޭއައިއިން ޖެނެރޭޓްކޮށްފައިވާ ފޮޓޯއެއް -- ހޮސްޕިޓާލިޓީ ނެތް

ފްރަންސޭވިވިލާތުގެ މަޝްހޫރު އަލިމަސް ބަކްރާތް ނިސްބަތްވާ ރިސޯޓެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ. 

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބްރޭކިން ޓްރެވަލް ނިއުސްގައި ވާގޮތުން 2027 ވަނަ އަހަރު މާލެ އަތޮޅުގައި ފްރާންސުގެ ބަކްރާތް ހޮޓެލް އެންޑް ރެސިޑެންސްގެ ރިސޯޓެއް ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ.  ފްރާންސު ބަހުން "ބަކަހާތް" އަދި އާއްމު ބަހުން ކިޔާގޮތަށް ނަމަ "ބަކްރާތް" އަކީ ފަރަންސޭވިލާތުގައި ފައިން ކްރިސްޓަލް ނުވަތަ އަލިމަހާއި ސެންޓު އުފައްދާ ބްރޭންޑެކެވެ. 

ބަކްރާތުން ރާއްޖޭގައި ރިސޯޓެއް ހަދަމުން ގެންދަނީ 111 ހެކްޓަރުގެ ފަޅެއްގަ އެވެ. މި ފަޅު އޮންނަނީ މާލޭން ފުރައިގެން 30 މިނެޓުން ދެވޭ ރާސްތާގަ އެވެ. މި ރިސޯޓް ހުޅުވަނީ ރާއްޖޭގައި ރިސޯޓު ހިންގާ ސްޓާވުޑް ކެޕިޓަލް ގްރޫޕްންނެވެ. އެ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ ބެރީ ވިދާޅުވެފައިވާ ގޮތުގައި މި ރިސޯޓުގައި ފަސް ރަށެއް ހުންނާނެ އެވެ.

ބަކްރާތް ބްރޭންޑުގެ މި ރިސޯޓުގައި 50 ހޮޓެލް ވިލާއާއި 53 ޕްރައިވެޓް ރެސިޑެންސް ވެސް ހުންނާނެ އެވެ. މި ތަންތަނަކީ ވިއްކާ ތަންތަނެވެ. މި ތަން ޑިޒައިންކޮށްފައިވަނީ ފަރުމާ ކުރުމުގެ ދާއިރާއިން ދުނިޔޭގައި އެވޯޑު ލިބިފައިވާ އެޗްކޭއެސް އިން ތައްޔާރުކޮށްފައިވާ އިނގިރޭސިވިލާތުގެ 1508 ލަންޑަން އިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.