ބްރޯޑްކޮމަށް ނުޒޫ އައްޔަނު ކޮށްފި، އެކަމަކު މި ފަހަރު ތަފާތު

މީގެ ކުރީން ބްރޯޑްކޮމަށް އައްޔަނު ކުރާ ކޮންމެ މެންބަރަކަށް އެކަމުގެ ލިޔުން ހަވާލު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ލިޔުން ހަވާލު ކުރަނީ ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތެއް ގައެވެ.

ޕްރެޒެންޓަރު އައިމިނަތު ނުޒުހާ (ނުޒޫ)

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޕްރެޒެންޓަރު އައިމިނަތު ނުޒުހާ (ނުޒޫ) އައްޔަނު ކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ނުޒޫ އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ނިންމާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް ނުޒޫ، މަގާމަށް އައްޔަނު ކުުރުން ފަސްވެ އެކަމުގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ނުޒޫ މަގާމަށް އައްޔަނުކޮށް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް މި ފަހަރު ތަފާތެވެ. ނުޒޫ، މަގާމަށް އައްޔަނު ކޮށް އެކަމުގެ ލިޔުން ފޮނުވާފައި ވަނީ ގެއަށެވެ. އެކަން ނުޒޫ ވަނީ "މިރާ" އަށް ކަށަވަރު ކޮށްދީފަ އެވެ.

މީގެ ކުރީން ބްރޯޑްކޮމަށް އައްޔަނު ކުރާ ކޮންމެ މެންބަރަކަށް އެކަމުގެ ލިޔުން ހަވާލު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ލިޔުން ހަވާލު ކުރަނީ ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތެއް ގައެވެ.

މިފަހަރު މިގޮތަށް އަމަލު ކުރި ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.