ބާ ކައުންސިލްގެ ރައީސަކަށް ސިރާޖު އިންތިހާބު ކޮށްފި

ބާ ކައުންސިލަށް ރައީސަކު އިންތިހާބު ކުރުމަށް މިއަދު ނެގި ވޯޓް ގައި ސިރާޖު އެ މަގާމަށް އިންތިހާބުވީ ގާނޫނީ ވަކީލް މުހައްމަދު ފައިސަލްއާ ވާދަ ކޮށެވެ.

ބާ ކައުންސިލްގެ ރައީސަކަށް އިންތިހާބު ކޮށްފައިވަނީ ހުސައިން ސިރާޖު

ބާ ކައުންސިލްގެ ރައީސަކަށް ގާނޫނީ ވަކީލް ހުސައިން ސިރާޖު އިންތިހާބު ކޮށްފި އެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއީލް ވިޝާމް އަވަހާރަވުމާއި ގުޅިގެންނެވެ. ކުއްލި ގޮތަކަށް ވަރަށް ޒުވާން އުމުރުގައި ވިޝާމް އަވަހާރަވީ ހުސްވި ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ބާ ކައުންސިލަށް ރައީސަކު އިންތިހާބު ކުރުމަށް މިއަދު ނެގި ވޯޓް ގައި ސިރާޖު އެ މަގާމަށް އިންތިހާބުވީ ގާނޫނީ ވަކީލް މުހައްމަދު ފައިސަލްއާ ވާދަ ކޮށެވެ. ސިރާޖަށް ލިބިފައި ވަނީ 224 ވޯޓެވެ. ފައިސަލަށް ލިބުނީ 172 ވޯޓެވެ.

މިއަދު އޮތް އިންތިހާބު ގައި ކައުންސިލްގެ އެގްޒެޓިކް ކޮމެޓީގެ މެންބަރު ކަމަށް ވެސް ބޭފުޅަކު އިންތިހާބު ކޮށްފައިވެ އެވެ. އެ މަގާމަށް އިންތިހާބުވީ އަހްމަދު ޝިފާއު އެވެ. އެ މަގާމަށް ކުރިމަތީ ވެސް އޭނާ އެކަންޏެވެ. އެހެން ކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެވެ. އޭނާ އެ މަގާމަށް އިންތިހާބު ކުރަން ފެންނަ ކަމަށް 248 ވޯޓް ލިބުނެވެ. ދެކޮޅަށް 88 ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.