ފަސް ލައްކައިގެ ޖަލު ސްކޭމް؛ 40 މީހުންގެ އެކައުންޓަށް ފައިސާ ވަދެފައިވޭ

މިމަހުގެ ހަ ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާފުށި ޖަލުގެ ބައެއް ގޮޅިތަކުން 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑް ހޯދާފައިވެ އެވެ. އަދި، ސިމް ކާޑާއި ސްޓޯރޭޖް ޑިވައިސްތަކުގެ އިތުރުން ޕަވާ ބޭންކް ވެސް ފެނިފައިވެ އެވެ.

މާފުށީ ޖަލު: ޖަލުގައި ތިބެގެން ފަސް ލައްކަ ރުފިޔާގެ ސްކޭމެއް ވަނީ ހިންގާފައި --

މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ސްކޭމް ކޯލްތަކެއް ކޮށްގެން ފަސް ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި 40 މީހެއްގެ އެކައުންޓަށް ފައިސާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ހިންގި މި ސްކޭމްގައި ވަގަށް ނަގާފައި ވަނީ ޖަމިއްޔާއެއްގެ ފައިސާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޖަމިއްޔާއެއް ކަމެއް ނުބުނެ އެވެ.

އެ ފައިސާ 40 މީހުންގެ އެކައުންޓަށް ޓްރާންސްފާކޮށްފައިވާއިރު، މިހާތަނަށް މައްސަލައާ ގުޅޭ ގިނަ ހެކި ގަރީނާ ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހިމެނެނީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މާފުށީ ޖަލު ބަލައި ފާސްކޮށްފަ އެވެ. މިމަހުގެ ހަ ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާފުށި ޖަލުގެ ބައެއް ގޮޅިތަކުން 22 މޯބައިލް ފޯނާއި 10 ޗާޖަރާއި 10 ހެޑްސެޓް/އެއާޕޮޑް ހޯދާފައިވެ އެވެ. އަދި، ސިމް ކާޑާއި ސްޓޯރޭޖް ޑިވައިސްތަކުގެ އިތުރުން ޕަވާ ބޭންކް ވެސް ފެނިފައިވެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އޮތީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާ ހީލަތްތެރީންގެ މަޅީ ގައި ޖެހި ގެއްލިގެން ދަނީ ވަގުތުކޮޅެއްގެ ތެރޭ ގައެވެ. މިފަދަ ސްކޭމް އެންމެ ގިނައިން ހިންގަނީ ޖަލުގައި ތިބޭ ގައިދީންނެވެ.

ޖަލަށް ފޯނު ވެއްދުމަކީ މަނާ ކަމެއް ނަމަވެސް ބައެއް ގައިދީން ބޭނުން އިރަކު އެ މީހުން ބޭނުން ބަޔަކަށް ގުޅަން ޖަލުގައި ފޯނު ގެންގުޅެ އެވެ. ޖަލަށް ފޯނު ވައްދައިދޭ އޮފިސަރުން އުޅެ އެވެ. ބައެއް އޮފިސަރުން އެކަން ކުރަނިކޮށް ފަޅާ އަރާފައި ވެސް ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.