އިސްލާމްފޯބިއާއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަރާރު ވެސް އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ކޯ ސްޕޮންސާ ކޮށްފަ އެވެ. އެ ގަރާރާ އެއްކޮޅަށް 115 ގައުމަކުން ވޯޓު ދިނެވެ.
މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖްތަމައުތައް ގުޅިގެން މަސައްކަތް ކުރަން ރާއްޖޭން ގޮވާލައިފި އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިސްލާމްފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާ ގުޅިގެން އދ. މަޖިލީހުގައި ރާއްޖޭން ގޮވާލީ، އިއްޔެ ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގަ އެވެ. ރާއްޖެއިން ވަނީ، އިސްލާމްދީނާ ދެކޮޅު އަމަލުއް ޓޮލަރޭޓް ނުކުރާ އަދި އިސްލާމުންނާ ދެކޮޅަށް މަސައްކަތް ނުކުރާ މުޖްތަމައުއެއް ބިނާ ކުރުމަށް ގޮވާލާފަ އެވެ. މީގެ އިތުރުން ރޯދަ މަހުގައި ވެސް އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައި ވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސްލިމުންނަށާއި މުސްލިމް މުޖުތަމައުތަކަށް އަމާޒު ކޮށްގެން ދޭ ހަމަލާތައް ހުއްޓާލަން ބައިނަލްއަގުވާމީ ކޮމިއުނިޓީ ގުޅިގެން މަސައްކަތް ކުރަން ރާއްޖެއިން ގޮވާލާފައިވާ ކަމަށެވެ.
އިސްލާމްފޯބިއާއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަރާރު ވެސް އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ކޯ ސްޕޮންސާ ކޮށްފަ އެވެ. އެ ގަރާރާ އެއްކޮޅަށް 115 ގައުމަކުން ވޯޓު ދިނެވެ.