ހުމާއި އަރިދަފުހުގެ ރޯގާތައް އިތުރު: އެޗްޕީއޭ

ކުޑަކުދިންހެ ކަންކަމުގައި އުޅޭ އިރު ރޯގާ އާއި ހުމުގެ އަލާމާތް ހުންނަނަމަ އަތްދޮވެ މާސްކު އެޅުމާއި ސެނިޓައިޒް ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައި އެވެ.

ޑެންގީ އިތުރުވާތީ މާލޭގެ މަގަކަށް ފޮގްކޮށްފައި: ހުމާއި ރޯގާ އިތުރު ވެފައިވޭ

ހުމާއި އަރިދަފުހުގެ ރޯގާ އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

"ރާއްޖެޓީވީ" ގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތުމަތު އަނާ ވިދާޅުވީ ކުރީ ހަފުތާއާ އަޅާބަލާއިރު މިދިޔަ ހަފުތާގައި ރޯގާ އާއި ވައިރަލް ހުމާއި ބޭރަށް ހިންގުން އަދި ޗިކެން ޕޮކްސް އިތުރު ވެފައިވާ ކަމަށެވެ. އަދި މިއީ ރޯދަ މަހަށް ވެފައި ގިނަ ބަޔަކު އެއްތަނަކަށް އެއްވާއިރު މިފަދަ އެއްވުންތަކުން ވެސް ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލީގެ އަލާމާތެއް ފެންނަނަމަ ބޭރަށް ނުގޮސް ގޭގައި މަޑު ކުރުމަށާއި އަދި ގިނަގިނަ އިން އަތްދޮވުމާއެކު މާސްކު އަޅައިގެން އުޅުން ފަދަ އާދަތަކުގައި ހިފަން އެދޭ ކަމަށެވެ. 

އަދި ކުޑަކުދިންހެ ކަންކަމުގައި އުޅޭ އިރު ރޯގާ އާއި ހުމުގެ އަލާމާތް ހުންނަނަމަ އަތްދޮވެ މާސްކު އެޅުމާއި ސެނިޓައިޒް ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.