މުލަކުގައި ފުލުހެއްގެ ސައިކަލް އަންދާލައިފި

ސައިކަލުގައި ރޯ ކޮށްލި މައްސަލަ ބަލާއިރު ފުލުހުންގެ ތަކެއްޗަށް ގެއްލުން ދިނުމާއި ފުލުހުންނާ ކުރިމަތިލައި ހަމަލާ ދިނުން ފަދަ ކަންކަން ފަހަކަށް އައިސް އިތުރުވެފައި ވެއެ.

ރޭ މެންދަމު މ. މުކުގައި އަންދާލި ސައިކަލް: މިއީ ފުލުހަކު ބޭނުން ކުރަމުން އައި ސައިކަލެއް -- އެމްވީ ކްރައިސިސް

މެދު އަތޮޅުތަކުގައި ހިމެނޭ މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯ ކޮށްލައި އަންދާލައިފި އެވެ.

އެ އަތޮޅުގައި ގާއިމުވެ ތިބޭ ފުލުހުންގެ ތެރެއިން ފުލުހަކު ބޭނުން ކުރާ ސައިކަލުގައި ރޯ ކޮށްލާފައި ވަނީ ރޭގެ މެންދަމުން އަލިވެފައި ވަނިކޮށެވެ. އެ މީހާގެ ސައިކަލްގައި ރޯކޮށްލައި އަންދާލީ ދިރި އުޅޭ ގޯތި ކައިރީގައި ބަހައްޓާފައި ހުއްޓަ އެވެ.

މުލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އެ ފުލުސް މީހާއަކީ މުލަކު މީހަކާ ކައިވެނި ކޮށްގެން އުޅޭ ރަށުން ބޭރު މީހެކެވެ. އެ ރޭ ސައިކަލް އަންދާލި އިރު ވެސް އޭނާ ރަށަކު ނެތެވެ. ސައިކަލް އަންދާލާފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މިޑިއާގައި ހަބަރުތައް ގެނެސްދޭ ޕްލެޓްފޯމަކުން ޝާއިއުކޮށްފައި ވެ އެވެ.

ސައިކަލުގައި ރޯ ކޮށްލި މައްސަލަ ބަލާއިރު ފުލުހުންގެ ތަކެއްޗަށް ގެއްލުން ދިނުމާއި ފުލުހުންނާ ކުރިމަތިލައި ހަމަލާ ދިނުން ފަދަ ކަންކަން ފަހަކަށް އައިސް އިތުރުވެފައި ވެއެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.