"އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަ ކުރަން ވެސް އޭގެން އެންމެ ފައިދާވާނެ ގޮތް ރައްޔިތުންނަށް ހަދަން ވެސް،"
ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވަން ބޭނުންފުޅުވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަަށް ޖަވާބު ދެއްވުމަށް ކުރިއަަށް ގެންދާ "ރައީސްގެ ޖަވާބު" ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާންމު ފަރާތަކުން ވަނީ ވަޒީފާއިން ވަކިވުމުން ޕެންޝަން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެތޯ ސުވާލު ކޮށްފައެވެ. ވަޒީފާ އިން ވަކިވެ ފައިސާ ލިބޭނެ ގޮތެއް ނެތުމުން ވަރަށް ދަތިވާ ކަން ވެސް ފާހަގަ ކުރި އެވެ.
ރައީސް ވިދާޅުވީ ޕެންޝަނަށް ފައިސާ ނަގަނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާ އެހެން ކަމުން ފައިސާ ނަގާ ގޮތް ވެސް ފައިސާ ދޫކުރެވޭނެ ގޮތަށް ވެސް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ.
"އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަ ކުރަން ވެސް އޭގެން އެންމެ ފައިދާވާނެ ގޮތް ރައްޔިތުންނަށް ހަދަން ވެސް،"
ރައީސް ވިދާޅުވީ އެ ކަންބޮޑުވުން ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެކަމަށް ހަައްލެއް ގެނެވޭނީ މަޖިލީސްތެރެއިން ކަމަށް ވިދާޅުވެ އެކަން ކުރެވޭނީ އެފަދަ ފުރުސަތެެއް ލިބިވަޑައިގެންފިނަމަ ކަމަށް ވިދާޅުވި އެވެ.
ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ އުމުރުން 65 އަހަރު ވުމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި އެގޮތަށް އޮތުމުން އެ ފައިސާ ގިނަ ފަހަރަށް އެ މީހަކަށް ބޭނުމެއް ނުކުރެވެ އެވެ.
ޕެންޝަން ފަންޑުގެ ބޭނުމަކީ އުމުރުން ދުވަަަސްވުމުން ފައިސާ ލިބޭނެ މަގެއް ފަހި ކޮށް ދިނުން ކަމަށްވާތީ ބޭނުން އިރަކު އެ ފައިސާ ނެގޭނަމަ މަގުސަދު ހާސިލު ނުވާނެ ކަމަށް ވިދާޅުވެ ގާނޫނަށް ބަދަލު ގެންނަން އެ ދާއިރާގެ ބޭފުޅުން ދެކޮޅު ހައްދަވަ އެވެ.