ޝަހީމާއި މަލީހުގެ ކޯޅުމެއް، އެންމެ ފަހުން ޒާތީ ވެއްޖެ

ދެ ބޭފުޅުން ހުކުރުން ފޭބީއްސުރެ ގަޑިއެއްހާއިރު އެކްސް ގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވެވި އެވެ. އޭގެ ފަހުން ޒާތީ ގޮތުން ވެސް ދިމާކުރެއްވި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަަައީދު އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަަައީދު އާއި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއާ ދެ ބޭފުޅުން އެކްސް ގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާ ދެއްވާ އެންމެ ފަހުން ޒާތީ ވެވަޑަައިގެންފި އެވެ.

ދެ ބޭފުޅުން އަރައިރުން ފެށުނީ މިސްކިތްތަކުގެ އަޑު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވެ ޝަހީމްގެ އިސްތިއުފާއަށް މަލީހް ގޮވާލެެއްވުމުންނެވެ.

މިނިސްޓަރު ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މަލީހަށް އިޝާރާތް ކުރައްވާ ވިދާޅުވީ "އުމުރެއް ތިޔަ ހޭދަ ކުރައްވަނީ މީހުންނާ ފޮށުމާ ދޮގު ފެތުރުމުގައި" ކަމަށެވެ.

އަދި އަޑު ކަނޑާލާފައި ވަނީ ކޮން މިސްކިތްތަކަކުންތޯ ސުވާލު ކުރެއްވި އެވެ.

މަލީހް ވަނީ ސޮލާހުއްދީން މިސްކިތުގައި މިއަދުގެ ހުކުރު ހުތުބާގެ އަޑު މިސްކިތުން ބޭރަށް ނުއިވޭ ގޮތް ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ހުކުރު މިސްކިތުގައި ވެސް ބޭރަށް އަޑު ނީވޭ ގޮތް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

"ޝައިތާނާ ހިތް ރުއްސަން ޑރ. ޝަހީމް މިސްކިތްތަކުގެ އަޑު ކަނޑާލާފައި އަބަދު ބެހެއްޓުމުގެ ފުރުސަތެއް ނުދޭނަން،"

މަލީހްގެ މި ތުހުމަތާއި ގުޅިގެން ޝަހީމް ވަނީ އެއްވެސް މިސްކިތެއްގެ އަޑު ކަނޑާލަން މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ކައިރި ކައިރީ ހުރި މިސްކިތުގެ ތާޅަފިލީގެ އަޑު މަޑުވެފައި ހުންނާނީ އެއް ޖަމާއަތުން އަނެއް ޖަމާއަތަށް ދަތި ނުވާ ގޮތަށް ކަމަށެވެ.

"މަލީހް އަކަށް ނުކުޅެވޭނެ އަޅުގަނޑަކާ،" މަލީހަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވި އެވެ.

މަލީހް ވަނީ ޝަހީމްގެ ވެރިކަން / މިނިސްޓަރު ކަމުން ދުރުކޮށްގެން ވިޔަސް މިސްކިތްތަކުގެ އަޑު ކަނޑުވާލާފައިވާ ވުމަށް ނިންމުން ގެންނާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ތާޅަފިލިތަކުގެ އަޑު ކަނޑާ ނުލާ ކަމަށް ވިދާޅުވެ ޝަހީމް ހައްދަވަނީ ބުހުތާނު ދޮގު ކަމަށެވެ.

އެ ވާހަކަތަކުން ތަކުރާރުކޮށް ދޮގު ކުރައްވާ ޝަހީމް ވިދާޅުވީ މަލީހް އުޅެނީ މި ސަރުކާރާއި ޖެހި ގަނެގެން ކަމަށެވެ. އަދި އެހެންވީ މިއީ މަލީހްގެ ބައިވެރިވުން ނެތި މި ފަހުން އުފެދުނު ހަމައެކަނި ސަރުކާރަށް ވާތީ ކަމަަށް ވިދާޅުވި އެވެ.

"މަލީހް މެން ކުރަން އުޅޭ ބަޣާވާތް ވަނީ ފެއިލް ކޮށްލެވިފައި،" 

ދެ ބޭފުޅުން ހުކުރުން ފޭބީއްސުރެ ގަޑިއެއްހާއިރު އެކްސް ގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވެވި އެވެ. އޭގެ ފަހުން ޒާތީ ގޮތުން ވެސް ދިމާކުރެއްވި އެވެ.

މަލީހް ވަނީ ފެންފުޅިއެެއްގެ ފޮޓޯއެއް ހިމަނާ ޝަހީމްގެ އަދާވާތްތެރީން މީގެ ކުރީން އެމަނިކުފާނާ ޒާތީ ގޮތުން ދިމާ ކުރަން ކުރި މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓް

3
450
ހައްގު ބަސް
7 months ago

ފުރަތަމަ ކަމަކީ ދޮގާ މަކަރާ ހީލަތުން އައި ސަރުކާރެށްމީ އެހެން ވީއިރު އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ކުރުއަލިފަކަށް ވާންއުޅުނު ކަމުގައިވިޔަސް އެމަނިކްފާނަކީ ކުރުއލިފެށްކަމަކަށް ނުވާނެ ރ.ޔާމީނު އަށް ތެދުވެރި ވަފާތެރި ކަމަށްދެއްކި ބޭފުޅުންގެތެރޭގަ ތިޔަމިނިސްޓަރު ވެސްހިމެނޭ ނޫންތޯ..؟

އެކަލް އެކެޑަހަ މިކަލް މިކެޑަހަ
7 months ago

މަލިހަށް މަގާމެއް ނުދިނީ ޝަހީމެއް ނޫނެއްނޫންތޯ؟

ދެބޯގެރި
7 months ago

ތިޔަތާނެއް ރަނގަޅު އެކަކުވެސް އެންމެންވެސް ހަދަނީ ދޮގު އަޅުގަނޑު ދިރިއުޅެނީ މާލޭގެ މެދުތެރޭހިސާބެއްގަ ދިރިއުޅޭ ޢިާރާތުގެ ވަށައިގެން ވަރަށްގާތްގާތުގަ މިސްކިތްހުރޭ އެކަމަކު ބަނ=ގީގެ އަޑެއް ނީވޭ ފަތިހުވެސް ކަމާކަންފަށާފަ ޖެހެނީ ބަންގި ގޮވާތޯބަލްން ބޭރަށް ބޯދިއްކޮށްލާން މިކުޑަކުޑަ މާލޭގަ މިހާ ގިނަ މިސްކިތް ހުންނަ އިރު ތާޅަފިލިތަކުން ބަންގޮގޮވާނަމަ މިހާ އަޑޫ މަޑުވެގެން ނުވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.