އެމްއެފްޑީއޭ އިން ބުނީ ބިސް ދޮވެގެން ބޭނުން ކުރުން ރަނގަޅު ނޫނީ ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާ ކެމިކަލް ވާސިލުވާން މަގުފަހިވާނެތީ ކަމަށެވެ.
ބިސް ވިއްކުމާއި ގަތުމާއި ގެންގުޅުމުގައި ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެ އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި އަދި ރައްކާކުރުމުގައި އަމަލު ކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެހެން ކަމުން ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާ ކުރުމުގައި އަމަލު ކުރަންވީ ގޮތް ވަނީ ބުނެދީފައެވެ.
އެމްއެފްޑީއޭ އިން ބުނީ ބިސް ދޮވެގެން ބޭނުން ކުރުން ރަނގަޅު ނޫނީ ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާ ކެމިކަލް ވާސިލުވާން މަގުފަހިވާނެތީ ކަމަށެވެ.
އަދި ރޯނުފިލުވާ ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަން ޖެހޭ ފިނިހޫނުމިނުގައި ބަހައްޓަން ސަމާލުކަން ދިނުމަށެވެ. މިފަދަ ތަކެތި އައިސްއަލާމާރިން ބޭރުގައި ދެ ގަޑިއިރަށް ވުރެ އިތުރަށް ނުބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ.