ޗަންޕާ ބްރަދާސް އިން ހަދިޔާކުރި ކާއްޓާ ކަރާ، ފިޔާ މިރޭ ބަހަން ފަށަނީ

ސިޓީ ކައުންސިލުން މިއަދު ބުނީ ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރާ ސާމާނު ދޫކުރަން ފަށާނީ މިރޭ 9:00 ގައި ކަމަށެވެ. ކޮންމެ ރެއަކު 9:00 އިން 12:00 އަށް ސާމާނު ދޫކުރާނެ އެވެ.

މާލެ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކަރާ ބަސްތާތަކެއް: ޗަމްޕާ ބްރަދާސް އިން ވަނީ ކަރާ، ފިޔާ އަދި ކާށި ރައްޔިތުންނަށް ހަދިޔާކޮށްފައި --

ރޯދަ ހަދިޔާ ގޮތުގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާކުރި ކާއްޓާއި ފިޔާ އަދި ކަރާ ދޫކުރަން މިރޭ ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި ތަކެތި ދޫކުރަން ފަށާނީ މިރޭ 9:00 ގައި ކަމަށެވެ. ކޮންމެ ރެއަކު 9:00 އިން 12:00 އަށް އެ ތަކެތި އާންމުންނަށް ދޫކުރާނެ އެވެ.

މާލޭގައި ދޫކުރާނީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިންނެވެ. ހުޅުމާލޭގައި ދޫކުރާނީ އުމަރު ޒާހިރު ބިލިންޑިންގަ އެވެ.

ތަކެއްޗާ ހަވާލުވާން އަންނަ ފަރާތުގެ އައިޑީކާޑު ބޭނުންވާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ޗަމްޕާ ބްރަދާސް އިން ބަހަން ނިންމާފައި ވަނީ 50،000 ކާއްޓާއި، 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ އެވެ.

ޗަމްޕާ ބްރަދާސް އިން ރޯދަ ހަދިޔާ ބަހާއިރު، މިއަހަރު ސަރުކާރުން ވެސް ދަނީ ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ބަހަމުންނެވެ. ކައުންސިލްތަކުން ދަނީ އެތަކެތި ވެސް ދޫކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.