އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަން ސޮއިކުރި ވިޓޯލްއަކީ މި މަސައްކަތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ވިތޯލް އާއި އެސްޓީއޯއާ ދެމެދު ސޮއި ކޮށްފި އެވެ.
ދުނިޔޭގެ ބަންކަރިންގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާއެކު ޓާމްޝީޓް އެއްބަސްވުމެއް ނުވަތަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ތައްޔާރުވާން ޖެހޭ ތައްޔާރީތަކާމެދު ސޮއި ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. އަދި ހޮލެންޑުގެ ވިޓޯލް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ވިޓޯލް އޭޝިއާގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޖޭއެން އެވެ.
މި ހަފުލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދަކީ ރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށާ މިއީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއަށް އަންނަ ފުރަތަމަ އިންވެސްޓްމަންޓުގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.
"މިއީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ކުރިއަށްދާ ޓޫރިޒަމް ވިޔަފާރިއަށްފަހު އަންނާނެ އިގްތިސޯދު ބަދަލު ވެގެންދާނެ ކަމެއް. ސަރުކާރުގެ އަމާޒަކީ ރާއްޖެ ހުރަސްކޮށް ބޯޓުތައް ދަތުރުކުރާ ދެ ޗެނަލް ކަމަށްވާ އަށް ޑިގްރީ ޗެނަލް އާއި 0 ޑިގްރީ ޗެނަލްގައިވެސް އިކޮނޮމިކް ޒޯންގެ ވިޔަފާރި ފުޅާ ކުރުން. މިކަމުގައި ރާއްޖެ އަށް ލިބިފައިވާ ގުދުރަތީ ނަސީބަކީ ހުރިހާ މެރިޓައިމް ދިރާސާތަކުން ވެސް ފެންނަން އޮތީ ވާދަވެރިންނާ ހިލާފަށް ހަމަހިމޭންކޮށް އޮއެވަރު މަޑުކޮށް ހުރި ފުން ސަރަހައްދުތަކެއް ލިބިފައިވާކަން. މިއީ މިކަން ފެށުމުގައި ވެސް ލިބޭނެ އެޑްވާންޓޭޖެއް،" ސައީދު ވިދާޅުވި އެވެ.
އެސްޓީއޯގެ އެމްޑީ ޝިމްހާދު ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާ މިކަމަށް މަސައްކަތް ކުރަމުންދާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.
"މި ކަމަކީ އެސްޓީއޯގެ އާމްދަނީ އިތުރުވެ، އެސްޓީއޯ ހިއްސާދާރުންނަށްވެސް ފައިދާ ހުރި ޕްރޮޖެކްޓަކަށްވާނެ. މިއާއެކު ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީވެސް ބޮޑުތަނުން އިތުރު ވެގެންދާނެ،" ޝިމްހާދު ވިދާޅުވި އެވެ.
ވިޓޯލް އޭޝިއާގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޖޭއެން ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރަން މަސައްކަތް ފެށުމުގެ ކުރިން ސޮއިކުރާ ޓާމްޝީޓް އެއްބަސްވުމާއެކު މިކަމުގެ ފުރަތަމަ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
"އިކޮނޮމިކް ގޭޓްވޭގައި ފަށާ މި މަސައްކަތްތަކަށް އެސްޓީއޯއާއެކު ކުރިންވެސް މަސައްކަތް ކޮށްފައި. މި އަހަރުގެ މި އެއްބަސްވުމާއެކު ފުރަތަމަ ހައިލީ ސްޓްރެޓެޖިކް ޕެޓްރޯލިއަން ޕްރޮޑަކްސް ސަޕްލައި ކުރެވިގެންދާނެ. މިއީ ބަންކަރިން ޕްރޮޖެކްޓުގެ ބައެއް،" ޖޭއެން ވިދާޅުވި އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި ވިޓޯލް ކުންފުނިން މި މަސައްކަތް ފަށަން ކުރިން ރާއްޖެއާއެކު މަޝްވަރާ ވެސް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައެއް ނެތެވެ.
ވިޓޯލް ކޮން ބައެއް ؟ - ވިޓޯލް އަކީ ހަކަތަ އާއި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނިންނެވެ. މި ކުންފުންޏަށް 55 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއީ ބަންކަރިންގައި ފާހަގަކޮށްލެވޭ ކުންފުންޏެވެ. މި ކުންފުނީގެ ނެޓްވޯކްތަކާއި އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަންކަރިންގެ ހިދުމަތްދެ އެވެ. ވިޓޯލް އަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުރެއެވެ، މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރިން ފިއުލްގެ ގޮތުގައި ވިއްކަ އެވެ. މީގެ އިތުރުން ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަ ސަޕްލަޔާ، އަދި ސިންގަޕޯގެ އެނެމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފަ އެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ބިޔަ މަޝްރޫއު އެއް ފަށަން ވަނީ ނިންމާފަ އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2015 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުންނެވެ. އޭގެފަހުން އެމްޑީޕީން ވެރިކަމަށް އައިސް މި މަޝްރޫއުގެ ސްކޯޕް ކުޑަކޮށް މަސައްކަތްތަކެއް ކުރަން އުޅުނެވެ. އެކަން ކުރަން އެސްޓީއޯއާއި ދުބާއީގެ ކުންފުންޏަކާއެކު ސޮއި ވެސް ކުރި އެވެ. އެކަމަކު އެކަންވާގޮތެއް ނުވި އެވެ.