އެލްޖީއޭގެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ހުށައެޅީ އެ ރަށް ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އެވެ. އޭނާގެ އެ ހުށައެޅުމާ ގުޅިގެން އެލްޖީއޭ ގެ ވެރީން ކޮމެޓީއަށް ހާޒިރު ވަނީ ފާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާ ގައި އެ އޮތޯރިޓީގެ ވެރީން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންތަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫންކަން ހަނދާންކޮށްދީ އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވަނީ ކެނދިކުޅުދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ސާފުކޮށް ދީ އެ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ވަނީ އަންގާފައެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން ނިންމީ ބަޔާން ބާތިލު ނުުކުރާށެވެ.
އެލްޖީއޭގެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ހުށައެޅީ އެ ރަށް ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އެވެ. އޭނާގެ އެ ހުށައެޅުމާ ގުޅިގެން އެލްޖީއޭ ގެ ވެރީން ކޮމެޓީއަށް ހާޒިރު ވަނީ ފާސްކޮށްފައެވެ.
މާޗް ދެވަނަ ދުވަހުގެ ތާރީހު ގައި ކެނދިކުޅުދޫ ކައުންްސިލްގެ އިދާާރާގެ ލެޓަހެޑް ގައި "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ކަމަށް ބުނެ ބަޔާނެއް ވަނީ އާންމުކޮށްފައެވެ. އެ ބަޔާނުގައި އެއްވެސް ކައުންސިލަރަކު ސޮއިކޮށްފައެއް ނުވެ އެވެ.
ބަޔާން ބާތިލު ކުރަން އެންގުމުން ކައުންސިލަރުން ވަނީ އަނގަ މަތީ ޓޭޕް އަޅައިގެން ތިބެ އެލްޖީއޭގެ ނިންމުމާއި ދެކޮޅުކަން ހާމަކުރުމަށް ފޮޓޯ ނަގާ އާންމުކޮށްފައެވެ. އަނގަ މަަތީ އަޅާފައިވާ ޓޭޕް ގައި "އެލްޖީއޭ" ޖަހާފައިވެ އެވެ.