ރައީސް ވިދާޅުވި ގޮތުގައި ވެރިކަމުގެ ފުރަތަމަ 100 ދުވަސް -- 14 ހަފްތާއަށް ކަނޑައަޅާފައި އޮތީ 161 ވައުދެއް ފުއްދެވުމަށެވެ. އޭގެ ތެރެއިން ހުރިހާ ވައުދެއްހެން ފުރިހަަމަ ކުރެވިފައިވާ ކަމަށެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަސް -- 14 ހަފްތާއަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މިހާތަނަށް ކިހާ ވައުދެއް ފުއްދިފައިވޭތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީސް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ހިންގެވި ކެމްޕެއިން ގައި ވެވަޑައިގެންނެވި ކޮންމެ ވައުދަކީ އެ ވައުދެއް ފުއްދެވުމުގެ ފުރިހަމަ އިހްލާސްތެރިކަން އޮވެގެން ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ.
އަދި ވެރިކަމަށް ވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވެރިކަމުގެ ފުރަތަމަ 100 ދުވަސް -- 14 ހަފްތާއަށް ކަނޑައަޅާފައި އޮތީ 161 ވައުދެއް ފުއްދެވުމަށެވެ. އޭގެ ތެރެއިން ހުރިހާ ވައުދެއްހެން ފުރިހަަމަ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ 155 ވައުދެއް ވަނީ ސަތޭކަ ޕަސެންޓް ހާސިލު ކުރެވިފައެވެ. އަދި ދެން އޮތީ ކުރިއަށް އޮތް އަހަރުގެ އަމާޒު ހާސިލު ކުރުން ކަމުގައި ވިދާޅުވި އެވެ.
"މި 14 ހަފްތާއަށް ކަނޑައެޅި ހުރިހާ ވައުދެއްހެން އެ ވަނީ ފުއްދި ހާސިލު ކުރެވިފައި،"
ރައީސް ވިދާޅުވީ އެމަނިިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް، މި ފަސް އަހަރުގެ ތެރޭގައި ފުރިހަމަ ކުރައްވާނެ ކަމަށެވެ.