"ކައުންސިލްތަކުގެ ސްޓާފުންގެ މުސާރަ ބޮޑުކުރެވޭނީ މަޖިލީހުން"

"ސަރުކާރުން ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑުކުރަން ބޭނުންވިޔަސް އެކަމެއް ނުވެއް ކުރެވޭ ކެޓަގަރައިޒްކޮށްފަ އޮންނަ ގޮތުން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --

ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަވުމަކީ ކަންބޮޑުވާ ކަމެއް ނަމަވެސް، އެކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުން ސިލްސިލާކޮށް ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނާލާފުށި ކައުންސިލްގައި އެޑްމިން ވަޒީފާ އަދާކުރާ އެ މުވައްޒިފު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެހެން މުއައްސަސާތަކުގެ މުސާރަ ބޮޑުވާއިރު އެމީހުންގެ މުސާރަ ބޮޑު ނުވާތީ އެވެ.

އެގޮތުން، ކައުންސިލްތަކުގައި މަސައްކަތް ކުރާ އެޑްމިން ސްޓާފަކަށް ލިބެނީ 7000 ރުފިޔާ އާއި 8000 ރުފިޔާއާ ދެމެދުގެ އަދަދެއްކަން އޭނާ ފާހަގަކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ކައުންސިލްތަކުގެ މުސާރަ އެހާ ދަށީ، ކައުންސިލްތައް ލާމަރުކަޒީ ގާނޫނުގައި ދަށް ފަންތިއެއްގައި ކެޓަގަރައިޒްކޮށްފައި ވާތީ ކަމަށެވެ.

"ސަރުކާރުން ފިނޭންސް މިނިސްޓްރީން މުސާރަ ބޮޑުކުރަން ބޭނުންވިޔަސް އެކަމެއް ނުވެއް ކުރެވޭ ކެޓަގަރައިޒްކޮށްފަ އޮންނަ ގޮތުން،" ރައީސް ވިދާޅުވި އެވެ.

އެންމެ ދަށް ފަންތީގައި ހިމެނޭ މައްސަލައެއް ކަމުން، އެކަމަށް ހައްކެއް ގެނެސްދެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އާމްދަނީ އިތުރުވެގެންދާ ވަރަކުން އަދި އިހްތިސޯދު ހަރުދަނާވާ ވަރަކުން ހުރިހާ މުވައްޒަފުންގެ މުސާރަތައް ވެސް ބޮޑުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އަޅުގަނޑު ހަމަ ބޭނުންވާ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެކި ގާނޫނުތަކަށް އިސްލާހު ގެންނަން މިހާރު ވެސް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބުމަކީ މިކަންކަމަށް ހައްލު ގެންނަން ފަސޭހަވެގެންދާނެ ކަމެއް ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.