މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ހަދިޔާކޮށްފައިވާ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް (އެމްއެލް) ގެ އެހީގެ ދަށުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފި އެވެ.
މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށްގެން ދިޔަ މި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް، އެތަނަށް ބޭނުންވާ އާލާތްތަކެއް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ އެ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރުތަކަކާއި ފާހަނާ އެއް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި އުޅޭ މީހުން ސައިބޯނެ ކޮޓަރިއެއް ވެސް މި ޕްރޮޖެކްޓްގެ ދަށުން ގާއިމްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ މަރުކަޒުގެ މުވައްޒަފުންނާއި ބަލި މީހުން ބޭނުންކުރުމަށް ބޭންކުން ވަނީ ލައިބްރަރީ ކޯނަރެއް ވެސް ގާއިމްކޮށްފަ އެވެ.
މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ހަދިޔާކޮށްފައިވާ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.