އިއްޔެ އެކަނި ވެސް މާލޭން 60 ޓަނުގެ ކުނި ނެގި

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް،" އާޒިމް ވިދާޅުވި އެވެ.

މަގުތަކަށް ޖަމާކޮށްފައިވާ ކުނިތަކެއް -- ފޮޓޯ: ޔާމިން މުހައްމަދު

ރޯދަ މަހާ ދިމާކޮށް މާލޭ މަގު މަތީގައި ބޮޑެތި ކުނި ފުނިތައް ޖަމާވެފައިވާތީ، މަގުތައް ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އިއްޔެ އެކަނި ވެސް 59.9 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކައުންސިލްގެ މުވައްޒަފުން ނިކުމެ ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި 200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އިއްޔެ 59.9 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

އެއީ 25 ފޫޓުގެ އަށް ކޮންޓޭނަރުގެ ކުނިކަން އާޒިމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވަނީ އިއްޔެ ކުނި ނެގުމަށް ކައުންސިލުން ކުރި މަސައްކަތުގެ ބައެއް ތަފްސީލު ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން؛

  • 1.5 ޓަނުގެ 16 ޕިކަޕުގެ ކުނި ނެގި
  • 3 ޓަނުގެ 7 ޕިކަޕު ކުނި ނެގި
  • 2 ޓަނުގެ 1 ޕިކަޕުގެ ކުނި ނެގި

މަގުތަކަށް މި މިންވަރަށް ކުނި ޖަމާވެފައި ވަނީ ރޯދައާ ދިމާކޮށް ގޭތައް ސާފުކުރުމަށްފަހު މަގުތަކަށް ކުނި ނެރުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން މުޅި މާލެ އޮތީ ގޮނޑަކަށްވެފަ އެވެ. އެހެންވެ، ވެމްކޯ އިން ވެސް ވަނީ ބޮޑެތި ކުނި ހިލޭ ނަގައިދޭން ފަށައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.