ސައުދީގެ ކަމާގުޅޭ އިދާރާ އިން ބުނީ އެ ގައުމުގެ ސުދައިރަށް ހަނދު ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ދެންމެ ކަނޑައަޅާ އެކަން އިއުލާނު ކޮށްފި އެވެ.
ސައުދީގެ ކަމާގުޅޭ އިދާރާ އިން ބުނީ އެ ގައުމުގެ ސުދައިރަށް ހަނދު ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ރަމަޟާން މަހުގެ ހަނދު ފެނިފައިވާ ކަމަށް ސައުދީ ސަރުކާރުން އިއުލާނު ކޮށްފައިވާއިރު މުސްލިމު ބޮޑެތި ބައެއް ގައުމުތަކަށް ހަނދު ނުފެންނަ ކަމަށް ކަނޑައަޅާ އެ ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ވަނީ ކަނޑައަޅާ ފައެވެ. އޭގެ ތެރޭގައި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތް އިންޑޮނޭޝިއާ އާއި މެލޭޝިޔާ ހިމެނެ އެވެ.
މީގެ އިތުރުން އޮމާން އިން ވެސް ވަނީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް އިއުލާނު ކޮށްފައެވެ. ފިލިޕީންސް އާއި ސިންގަޕޫރާއި އޮސްޓްރޭލިއާ އާއި ބްރޫނާއީ އަށް ވެސް މާދަމާ އަކީ ޝައްވާލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ގައުމުތަކުގެ ރައްޔިތުން ވެސް ރޯދަ ހިފަން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ދެންމެ ބުނީ ހަނދާއި ބެހޭ ބަޔާން އިއްވުން އޮންނާނީ 8:45 ގައި ކަމަށެވެ.
ހަނދާމެދު ގޮތް ނިންމަން މިހާރު ބައްދަލްވުން ވަނީ ފެށިފައެވެ. ރާއްޖެއަށް ހަނދުނު ނުފެނުނު ނަމަވެސް ސައުދީ އަރަބިއްޔާއަށް ހަނދު ފެނިއްޖެނަމަ ރާއްޖެ އިން ވެސް އަމަލު ކުރަނީ އެ ގައުމުން އަމަލު ކުރާ ގޮތަށެވެ.