ރައީސްގެ އިލްތިމާސް؛ އެއްވެސް ހާލަތެއްގައި ދޮގަށް ފުރުސަތު ނުދެއްވާ

ރައީސް ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބަކީ ވާދަވެރި އިންތިހާބެއް ކަމަށާ ނަމަވެސް ދޮގާއި ހަގީގަތެއް ނެތް ބަސްތައް ރައްދު ނުކޮށް ކެމްޕެއިން ހިންގޭން ވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނައިފަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ

ކެމްޕެއިން ކުރުމުގައި ވެސް އަދި އެ ނޫން ހާލަތެއް ގައި ދޮގަށް ފުރުސަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނުގެ މި އިލްތިމާސް އައީ ފާދިއްޕޮޅުގެ ވެރިރަށް -- ނައިފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބަކީ ވާދަވެރި އިންތިހާބެއް ކަމަށާ ނަމަވެސް ދޮގާއި ހަގީގަތެއް ނެތް ބަސްތައް ރައްދު ނުކޮށް ކެމްޕެއިން ހިންގޭން ވާނެ ކަމަށެވެ.

ކުރިއަށް އޮތީ ރަމަޟާން މަހުގެ ދުވަސްތައް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކެމްޕެއިންގެ އެންމެ ފަހު ދުވަސްތައް އަންނަނީ ރޯދަ މަހުގެ ތެރޭގައި ކަމުން އެކަންކަމަށް ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެކަންކަމުން ދުރުހެލި ނުވާނަމަ ހަގީގީ މާނާގައި ރޯދަ ހިފާ މީހަކަށް ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިހްލާސްތެރިކަމާ އެކު އިލްތިމާސް ކުރެއްވީ އެއްވެސް ހާލަތެއް ގައި ދޮގަށް ފުރުސަތު ނުދެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނައިފަރު ރައްޔިތުންނާއި ބައްދަލު ކުރެއްވުން

އެމަނިކުފާނު ވިދާޅުވީ ފޮރުވިގެން ތިބެ ބަޔަކު ހިންގާ ވެބްސަައިޓްތަކުގައި ކަނޑައެޅިގެން ދޮގު ބުހުތާނު ވާހަކަތައް ކޮންމެ ދުވަހަކު ލިޔަމުންދާ ކަމަށެވެ. އެ ވެބްސައިޓްތަކުގައި ލިޔެފައި ހުންނަނީ ދިވެހި އަކުރުން ދިވެހި ބަހުން ކަން ފާހަގަ ކުރައްވާ އެއީ ދިވެހީންގެ ބަޔަކު ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީސް އިންތިހާބަކީ ވާދަވެރި އިންތިހާބެއް. އެ ވާދާގައި ވެސް އަޅުގަނޑުމެން އެކަކު އަނެކަކަށް ހަގީގަތާއި ހިލާފަށް ދޮގު ބަސްތައް ރައްދު ނުކޮށް ހަގީގަތާއި އެއްގޮތަށް ރީތި ބަހުރުވައިން ކެމްޕެއިން ކޮށް ރީތި އާދަތައް އާލާކޮށް ކުޑަކުދީންނަށް ވެސް ރީތި ގޮތްތައް ދަސްކޮށްދީ ޒުވާނުންނަށް ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ވެސް އިހްތިރާމް އަދާ ކުރަން ބާރު އަޅާ މި ކަހަލަ ކަންކަން މި ރަމަޟާން މަހު ކުރެއްވުމަކީ އަޅުގަނޑު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން ވަރަށް އިހްލާސްތެރި ކަމާ އެކު އެދޭ އެދުމެއް،"

ރައީސް ވިދާޅުވީ ނަފްސު އިސްލާހުކޮށް ތަރައްގީ ކުރެވިގެން ނޫނީ ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ. ގައުމުގައި ކިތަންމެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގި ނަމަވެސް ނަފްސު އިސްލާހު ނުކޮށް ހަގީގީ މާނާގައި ތަރައްގީ ނުލިބޭނެ ކަން އެއީ ހަގީގަތް ކަމަށް ވިދާޅުވި އެވެ. 

އެހެން ކަމުން ހުރިހާ ފަރުދުން ވެސް ނަފްސު އިސްލާހު ކުރުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތީ ނަފްސު އިސްލާހު ކުރުމަށް ލިބޭނެ އެންމެ ރަނގަޅު ފުުރުސަތު ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.