ކުރެންދޫގެ ބައެއްގެ ގޮތު ޅޮސްއަލަފުށި ހަމަޖައްސަނީ

ޅޮސްއަލަފުއްޓަކީ، އޯޑިއޯން ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުން، ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުވާލުމާއި ގުޅިގެން ބަދަލު ގޮތުގައި ދިން ރަށެކެވެ.

ކުރެންދޫގެ ތަރައްގީއަށް ފަހިކޮށްދޭން އެރަށް ކައިރީގައި އޮންނަ ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ އިގުތިސޯދީ ކުރިއެރުން ހޯދުމަކީ ކޮންމެހެން ވެސް ކޮންމެ ރަށަކަށް ވެސް ހޯދައިދޭންޖެހޭ ފުރުސަތެއް ކަމަށާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނީ އިގުތިސާދީ ތަރައްގީ ހޯދައިދިނުމުން ކަމަށެވެ. އެ ގޮތުން ގެދޮރުވެރިކަމާ ފުދުންތެރިކަން  އެކުއެކީގައި ލިބެންޖެހޭ ކަމަށެވެ. އެގޮތުން ކުރެންދުއާ ދުރު ނޫން ހިސާބެއްގައި އޮންނަ އެ އަތޮޅު ޅޮސްއަލަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ގަސްދު ކުރައްވާ ކަމަށެވެ. 

"އަޅުގަނޑު ގަސްދުކުރަނީ މިރަށާ މާ ދުރުނޫން ހިސާބެއްގަ އޮތް ޅޮސްއަލަފުއްޓަކީ މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ." އެމަނިކުފާނު ވިދާޅުވިއެވެ.

ޅޮސްއަލަފުއްޓަކީ، އޯޑިއޯން ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުން، ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުވާލުމާއި ގުޅިގެން ބަދަލު ގޮތުގައި ދިން ރަށެކެވެ. މިދިޔަ ސަރުކާރުގައި އެ ރަށުގައި ލަގްޒަރީ ވިލާ އަޅަން އެ ރަށުން ބިމެއް ޓާޓާ ކުންފުންޏަށް ދިނުމަށް ވެސް މަސައްކަތް ކުރިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.