ޗައިނާގެ އެހީގައި ކާށިދޫގައި ވައިން ހަކަތަ އުފައްދަން ފަށައިފި

ކާށިދޫގައި ވަނީ ފެނުގެ ނިޒާމު ގާއިމުކޮށް، ފުރަތަމަ ފަހަރަށް ވިންޑް ޓަބައިން ހަރުކޮށް ވައިން ހަކަތަ އުފެއްދޭނެ ނިޒާމެއް ޤާއިމުކޮށްފަ އެވެ.

ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއުގެ ތެރެއިން ކާށިދޫގައި ހަކަތައް އުފައްދަން ފަށައިފި އެވެ.

ޗައިނާގެ ލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއު އިފުތިތާހުކޮށް ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު
ޑރ. އަބްދުﷲ މުއްތޮލިބެވެ. 

އެ ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގް ވިދާޅުވީ ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ކާށިދުއާ އެކީ ހަތަރު ރަށެއްގައި ގާއިމު ކުރަން ނިންމައިފަ އެވެ. 

އެ ފަސް ރަށަކީ ކާށިދޫގެ އިތުރުން ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ހއ. ކެލާ އަދި ގއ. ދާންދު އެވެ. 

މިއިން ކޮންމެ ރަށެއްގައި ދުވާލެއްގެ މައްޗަށް 200 ޓަނުގެ ފެން އުފެއްދޭނެ ނިޒާމަކާއި އަދި އެޚިދުމަތް ދިނުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 200 ކިލޯވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރާނެ އެވެ. 

ކާށިދޫގައި ވަނީ ފެނުގެ ނިޒާމު ގާއިމުކޮށް، ފުރަތަމަ ފަހަރަށް ވިންޑް ޓަބައިން ހަރުކޮށް ވައިން ހަކަތަ އުފެއްދޭނެ ނިޒާމެއް ޤާއިމުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.