"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޒާރުތައް ދެމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ ވަޒީރަކު އެ ގޮތަށް ވާހަކަ ދެއްކެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައެވެ،"
ދިއްގަރު ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލްވުމުގައި މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު، ވާހަކަ ދެއްކެވީ މެންބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނެރުއްވި ބަޔާނެއް ގައި ވިދާޅުވީ މިނިސްޓަރު ދެއްކެވި ވާހަކަފުޅަކީ ވަޒީރަކު ވިދާޅުވާން އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އަދި މަޖިލީސް މެންބަރުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްުޔަތަކަށްވީހިނދު ސަރުކާރުގެ ވަޒީރަކު މެންބަރުންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޒާރުތައް ދެމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ ވަޒީރަކު އެ ގޮތަށް ވާހަކަ ދެއްކެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައެވެ،"
އެ ބަޔާނުގައި ވަނީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް އިލްތިމާސް ކޮށްފައި ވެއެވެ.