ޖަރުމަނުގެ އައިޓީބީ ފެއާގައި ބޭއްވި ދެ މަޖައްލާ ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އެމްޑީ އަދި ސީއީއޯ ފާތުމަތު ތައުފީގާއި އެމްއެމްޕީއާރުސީ ބޯޑުގެ ޗެއާޕާސަން ނޫރައިން އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (މަޓާޓޯ) ގެ މޯލްޑިވްސް ފައިންޑާ މެގަޒިން އާއި ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ މެގަޒިން އައިއެމް މޯލްޑިވްސް ނެރެފި އެވެ.
ޖަރުމަނުގެ އައިޓީބީ ފެއާގައި ބޭއްވި ދެ ރަސްމިއްޔާތެއްގައި މިދެ މަޖައްލާ ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އެމްޑީ އަދި ސީއީއޯ ފާތުމަތު ތައުފީޤު އިތުރުން އެމްއެމްޕީއާރުސީ ބޯޑުގެ ޗެއާޕާސަން ނޫރައިން ޖަނާހް އެވެ. މި ދެ މަޖައްލާއަކީ ވެސް ދެ ދާއިރާ ޕްރޮމޯޓް ކުރަން ނެރުނު ދެ މަޖައްލާ އެވެ.
އެންއެޗްގޭމް އިން ނެރުނު މަޖައްލާގައި ރާއްޖޭގެ ގެސްޓްހައުސްތަކުގެ ހުރިހާ މައުލޫމާތު ތަކެއް ހިމެނެ އެވެ. މިއީ އަހަރަކު ދެ ފަހަރު ނުކުންނަ މަޖައްލާ އެވެ. އަދި މަޓާޓޯގެ މީޑިއާ ކިޓްއަކީ ރާއްޖެ ބައިވެރިވާ ގިނަ ފެއާތަކުގައި ބަހާނެ މަޖައްލާ އެވެ.