ރައީސްގެ ޒުވާނުންގެ ބޯޑު އެކުލަވާލައިފި

ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ހާއްސަ ބޯޑެއް އެކުލަވާލެއްވުމަށް ސަރުކާރުން ނިންމާ އެކަން އިއުލާނު ކުރީ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަސް" ބޯޑު އެކުލަވާލާފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ބޯޑަކީ ދިވެހި ގައުމު ބިނާކުރުމާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް އުފައްދާފައިވާ ބޯޑެކެވެ.

ޔޫތު އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ ރައީސްގެ ބޯޑް އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިއީ ހަފްތާ 14 ގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ހާއްސަ ބޯޑެއް އެކުލަވާލެއްވުމަށް ސަރުކާރުން ނިންމާ އެކަން އިއުލާނު ކުރީ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

މިއީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެވެ. އެ ބޯޑަށް މެންބަރުން ނަގާނީ؛

  •  ގައުމީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން
  •  ގައުމީ ލެވެލްގެ އެތުލީޓުންގެ ތެރެއިން
  •  ޒުވާނުންނަށް ހާއްސަ އެންޖީއޯތަކުގެ ތެރެއިން ވަކި އަދަދެއް
  •  ފަންނުވެރިކަން ތަމްސީލު ކުރާ މެންބަރުން
  •  ސާނަވީ ސުކޫލުތަކުން ހޮވާލެވޭ ދަރިވަރުން

ރައީސް އޮފީހުން ބުނި ގޮތުގައި ކޮންމެ ތިން މަހަކު އެއް ފަހަރު ބޯޑްގެ ބައްދަލްވުންތައް ޗެއާ ކުރައްވާނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ބައްދަލްވުންތައް ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅާ ބޭފުޅެކެވެ.

އެ ބޯޑްގެ ނިންމުންތަކާއި ލަފާތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ގޮތް ނިންމަން ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ބޭއްވީ މުހިންމު ބައެއް ބައްދަލްވުންތަކުގައި ކޮމެޓީތަކުގެ މެންބަރުން ބައިވެރި ކުރެއްވުމާއި މުހިންމު ބައްދަލްވުންތަކާއި ގައުމީ ޖަލްސާތަކުގައި އެ ބޯޑްގެ މެންބަރުން ތަމްސީލުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.