ސަރުކާރުން މަޖިލީސް ހިންގާކަށް ބޭނުމެއް ނުވޭ: ޑިމޮކްރެޓްސް

"ޑިމޮކްރެޓްސްއަށް އެކަނި ކޯރަމް ހަމައެއް ނުކުރެވޭ، މަޖިލިސް ރިޔާސަތާ މަޝްވަރާކުރިން، ސިޔާސީ ޕާޓީތަކާ މި ވާހަކަ ދެއްކިން، އެތެރޭގެ މަސައްކަތް ކޮށްގެން ކުރިއެރުމެއް ނުލިބުނީމަ މި އައީ،" އީވާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ގިނަ މަސައްކަތްތަކެއް ފޮނުވާފައިވާއިރު، މިއަދުގެ ޖަލްސާގައި ކޯރަމް ހަމަނުވީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ޖަލްސާ ކުރިއަށް ގެންދަން ބޭނުން ނުވެގެން ކަމަށް ޑިމޮކްރެޓްސް އި ބުނެފި އެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުން މިދުވަސްކޮޅު މަދުކޮށްފައި ވަނީ، މަޖިލީސް އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ކަމުން ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުން މަޝްވަރާ ކުރުމަށްފަހު އެވެ. މިހާރު ޖަލްސާ ބާއްވަނީ މުހިންމު މުހިންމު މަސައްކަތްތައް އެކަނި ކުރުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނީ ކޯރަމް ހަމަނުވެގެންނެވެ. ޖަލްސާއަށް ހާޒިރުވީ އެންމެ 11 މެމްބަރުންނެވެ. މިކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން މަޖިލިސް ކުރިއަށް ގެންދަން ބޭނުން ނުވާ ސަބަބަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދާތީ ކަމަށެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއަދު ސަރުކާރު މެމްބަރުން ހާޒިރުވިނަމަ ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވާނެ ކަމަށެވެ. އެ މެމްބަރުން މަޖިލީހަށް ވަޑައިގަތް ނަމަވެސް ތަޅުމަށް ނުވަދެ ތިއްބެވީ ބޭރުގައިކަން ވެސް އާޒިމް ފާހަގަކުރެއްވި އެވެ.

"އެ ވާހަކަ މި ދަންނަވަނީ މިއަދު ސަރުކާރަށް ނިސްބަތްވާ މެންބަރުން ހަމަ ގަސްދުގައި، މިއަދު ވަތްނަމަ ކޯރަމް ލިބުނީސް. ބޭރަށް ނުކުމެލީ ހަމަވާ ކަން އެނގުނީމާ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އިންތިހާބުގެ ކެމްޕެއިން ނިމެންދެން ޖަލްސާތައް ގަވާއިދުން ކުރިއަށް ނުގެންދަން ޕީޖީ ލީޑަރުން ނިންމާފައިވާ އެ ނިންމުމަކީ ޑިމޮކްރެޓްސްއަށް އެނގިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އެ ޕާޓީން އެކަނި މަޖިލީހުގެ ކޯރަމް ހަމަނުކުރެވޭނެ ކަމަށެވެ. އެކި ގޮތްގޮތުން މިކަމަށް ހައްލެއް ހޯދަން އެޕާޓީން މަސައްކަތްތަކެއް ކުރި ނަމަވެސް، ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

"ޑިމޮކްރެޓްސްއަށް އެކަނި ކޯރަމް ހަމައެއް ނުކުރެވޭ، މަޖިލިސް ރިޔާސަތާ މަޝްވަރާކުރިން، ސިޔާސީ ޕާޓީތަކާ މި ވާހަކަ ދެއްކިން، އެތެރޭގެ މަސައްކަތް ކޮށްގެން ކުރިއެރުމެއް ނުލިބުނީމަ މި އައީ،" އީވާ ވިދާޅުވި އެވެ.

މަޖިލީސް ނުހިނގާތީ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކުރިއިރު، ގިނަ މެމްބަރުން އުޅެނީ ކެމްޕޭނުގަ އެވެ. މިހާރު މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ ގިނަ މެމްބަރުން އުޅެނީ ކުރިމަތިލައިގެންނެވެ. އެހެންވެ، ގިނަ މެމްބަރުން މާލެއަކު ވެސް ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.