ސަނީފް އަކީ އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ މެންބަރެކެވެ. ތިނަދޫ ގައި އެމްޑީޕީގެ ފިކުރު ވަރުގަދަކޮށް ދެމެހެއްޓުމު ގައި ސަނީފްގެ ދައުރު ވަރަށް ބޮޑެވެ.
ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓެއް ގައި ބައިވެރިނުވެ ރިޝްވަތު ނެތި ކަމަށް ތުހުމަތު ކޮށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްއާ ގުޅުވާ ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.
ބަޔަކު ގެންދަނީ ކެނޑިނޭޅި ތަކުރާރުކޮށް މެންބަރު ސަނީފްއާ ގުޅޭގޮތުން އެކި ވާހަކަތައް ފަތުރަމުންނެވެ. ބައެއް ވޯޓްތަކުގައި ބައިވެރި ނުވާން ސަރުކާރުގެ ވެރީން އަތުން ރިޝްވަތު ނެގި ކަމަށާ ތިނަދޫ އިން ސަރުކާރު ކެންޑިޑޭޓަށް ތާއީދު އިތުރު ކުރަން މަސައްކަތް ކުރުމަށް އެއްބަސްވެ ފައިސާ ނެގި ކަމަށް ބުނެ ވެސް ދަނީ އަސާސެއް ނެތް ވާހަކަތައް ފަތުރަމުންނެވެ.
ސަނީފް ވިދާޅުވި ގޮތުގައި އޭނާއާ ގުޅުވާ ފަތުރަމުން ދަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމަށެވެ. އަދި ކަމުގެ ހަގީގަތް ސާފު ކުރުމަށް ގުޅާ އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"... އަދި ދަންނަވަމެވެ. ފިލާ ތިބެ މިފަދަ ބުހުތާނު، ފިތުނަވެެެެރި ވާހަކަތައް ފެތުރުމުގެ އަޑީގައި ތިބެ އެ ނޫސް ހިންގަނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އަޅުގަނޑަށް އެނގެ އެވެ. އެ ބަޔަކު އެފަދަ ކަންކަން ކުރާ ސަބަބުތަކާއި އެބައިމީހުންގެ މަގުސަދު ރައްޔިތުންނަށް ހާމަކޮށް އެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަ ވެސް ދަންނަމަވެ،" އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ސަނީފް ވިދާޅުވި އެވެ.
ސަނީފް އަކީ އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ މެންބަރެކެވެ. ތިނަދޫ ގައި އެމްޑީޕީގެ ފިކުރު ވަރުގަދަކޮށް ދެމެހެއްޓުމު ގައި ސަނީފްގެ ދައުރު ވަރަށް ބޮޑެވެ. ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސިޔާސަތުތަކާއި އެއްގޮތަށް އެންމެ ބޮޑަށް ވަކާލާތުކޮށް މަޖިލީހުގައި އަޑުއުފުލި މެންބަރުންގެ ތެރޭގައި ސަންނަ އަކީ ފާހަގަކޮށްލެވޭ މެންބަރެކެވެ. އަންނަ އޭޕްރީލް މަހަށް 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާއިރު ސަންނަ ދައުރު ހަމަކުރައްވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތު އެވެ.
އާ މަޖިލީހަށް ކުރިމަތި ނުލެއްވި ނަމަވެސް ވިހިވަނަ މަޖިލީހަށް ތިނަދޫ ދާއިރާތަކަށް ކުރިމަތިލާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ގައި ވެސް ސަންނަ ދަނީ ބައިވެރިވަމުންނެވެ.