100 ދުވަހުގެ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ކުއްލި މައްސަލައެއް

"މިސަރުކާރުގެ ނާގާބިލްކަމާ ދޮގާ މަކަރާ އޮޅުވާލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ ހުރިހާ ނުރައްކަލަކުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރަށް ގޮވާލަން،" މީކާއިލް ވިދާޅުވި އެވެ.

މެންބަރު މީކާއިލް އަހުމަދު ނަސީމް: ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހެދީ ހުސް ދޮގު ކަމަށް ބުނެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި --

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދާނެ ކަމަށް "ހަފްތާ 14" ގައި ހިމަނާފައިވާ ކަންކަން ނުފުއްދައި، ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 35 ޕަސެންޓް ވައުދު ފުއްދާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ބޮޑު ދޮގެއް ކަމަށެވެ.

"މައުލޫމާތު އިތުރަށް ދިރާސާކުރުމުން 59 އިންސައްތަ ކަންކަން ހާސިލް ނުވާ ކަމަށާއި، 18.9 އިންސައްތަ އަކީ ދޮގުކަން އަދި  ހާސިލްވެފައި ވަނީ އެންމެ 24.3 އިންސައްތަ މަސައްކަތްކަން އެނގޭ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ދޮގާ އޮޅުވާލުމުގެ ތެރެއިން މި ސަރުކާރުން ވެރިކަމާ ހަވާލުވެ، 100 ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިން ބާލާނެ ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން، މަތީ ލެވެލްގެ ކޮމެޓީ ބައްދަލުވުންތަކެއް ފިޔަވާ އިތުރު މަސައްކަތެއް އެމީހުން ފޮނުވާލަން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ހެލިކޮޕްޓަރުތައް ދުއްވާ ފަރާތްތައް ކުލަ ހެދުމުގައި ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފައިވާ ހާމަކުރުމުން އެނގެނީ ރާއްޖޭގައި އެއްވެސް އިރެއްގައި ދިވެހިންގެ އިސްތިގުލާލަށާ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހަމަ އެންމެ ހަތިޔާރު އެޅި ސިފައިންގެ މީހަކުވެސް ނެތްކަން،" މީކާއިލް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ 100 އަށްވުރެ ގިނަ އެއްބަސްވުން ކުރީ ސަރުކާރުން ވެފައިވާ ކަމަށް ބުނި ނަމަވެސް، އެއްބަސްވުންތަކުގައި ހިމެނޭ އެފަދަ މާއްދާތައް މިއަދާ ހަމައަށް ހާމަކޮށްފައި ނުވުމަކީ ސަރުކާރުން ދޮގު ހަދާ މިންވަރު އެނގޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިއްޖެ ކަމަށްބުނެ އިޓްލޮސްގައި އިސްތިއުނާފް ކުރަން ބުނި މައްސަލައިގެ ހަބަރެއް ނެތް ކަމަށާއި، ކުރީ ސަރުކާރުން ނެގި ލޯނުތައް ރީފައިނޭންސް ކުރުމުގެ އެއްވެސް މަސައްކަތެއް ވެސް ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޑޮލަރު ވެސް ޖަމާކުރަމުން ނުދާ ކަމަށާއި، މަސްވެރިންގެ ދާއިރާގައި އުފެއްދުންތައް މާކެޓްކުރުމަށް ހާއްސަ އެޖެންސީއެއް އުފައްދާނެ ކަމަށް ވައުދުވެ އުފެއްދީ ޕޭޕާ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީކާއިލް ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ނައިބް ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތައް އިތުރުކުރައްވައި، ސަރުކާރުގެ ހަރަތުތައް ބޮޑު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އަދި، ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށް، މުސާރަ ދެގުނަ ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

އަދި، އެކި ދާއިރާތަކުގެ އޮނިގަނޑު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުނި ނަމަވެސް، 99 ޕަސެންޓް ބިލް ހުށަހަޅާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މަޖިލީހުގެ ނިންމުންތަކަށް ގޮންޖައްސަވަމުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިސަރުކާރުގެ ނާގާބިލްކަމާ ދޮގާ މަކަރާ އޮޅުވާލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ ހުރިހާ ނުރައްކަލަކުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރަށް ގޮވާލަން،" މީކާއިލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.