އެޗްޕީއޭއިން ވަނި މި ބަލި ޖެހިއްޖެނަމަ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިއުމަށާއި ވެކްސިން ނުޖަހާނަމަ ވެކްސިން ޖެހުމަށް އެދިފަ އެވެ.
ގައިންގަޔަށް އަރާ ފާނަބަސަންދު އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުނަށް ވެސް ޖެހެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ވަރުދެރަވުމާއި ނޭފަތުން ފެން އައުމާއި ހަމުގައި ފެންއަރާފައި ހުންނަ ބިހި ނެގުން ހިމެނެއެވެ.
ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެ އެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުން ކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުން ކުރުމަކީ ވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.
އެޗްޕީއޭއިން ވަނި މި ބަލި ޖެހިއްޖެނަމަ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިއުމަށާއި ވެކްސިން ނުޖަހާނަމަ ވެކްސިން ޖެހުމަށް އެދިފަ އެވެ.