މި އަހަރުގެ ޖެނުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އަދި ގްރީން ޓެކްސް ވެސް ދަށްވެފައި ހުރި ކަމަށް ދައްކަ އެވެ.
ޓޫރިޒަމް ރަނގަޅު ވުމާއެކު ދައުލަތަށް ލިބޭ އާމްދަނީ ވެސް ވަނީ މަތިވެފަ އެވެ. އެކަމަކު މި އަހަރުގެ ފެށުމަށް ބަލާނަމަ ޑޮލަރުން ލިބޭ އާމްދަނީ ނިސްބަތުން މަތިވަމުން ދަނީ ދުވެލި މަޑުކޮށް ކަމަށް ދައްކަ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 102 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 112 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ 10 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އެކަމަކު މިއީ ޓޫރިޒަމަށް ލިބިގެން ދިޔަ ކުރިއެރުމާ ބަލާއިރު ނިސްބަތުން ކުޑަ މިންވަރެކެވެ.
ޓޫރިޒަމް ޑޮލަރުގެ އާމްދަނީ ދަށް - މިދިޔަ ޖެނުއަރީ މަހު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ޓެކުހުގެ ގޮތުގަ އެވެ. ނަމަވެސް މި ޓެކުހުގެ އާމްދަނީ ވަނީ ދަަށްވެފަ އެވެ. މިދިޔަ އަހަރު 79 މިލިއަން ޑޮލަރު އާމްދަނީއަށް ލިބުނު ނަމަވެސް މި އަހަރު މި އަދަދު ހުރީ 61 މިލިއަން ޑޮލަރުގަ އެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި އެންމެ ގިނަ މީހުން އައި އަހަރެވެ. މިދިޔަ އަހަރު 1.8 މިލިއަން މީހުން އައިސްފަައިވެ އެވެ. އަދި މި އަހަރު ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.
މި އަހަރު އަދި މި އީ 3 ވަނަ މަސް. ހިސާބު ތައް ގެނެސްދީފައިވާ ގޮތުން މިއަހަރު ގެ މިހާތަނަށް ވެސް ވަރަށް ރަނގަޅު.