ރައީސް ދެއްވީ މިލަންދޫ އެއާޕޯޓް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން

އެހެންވީމާ މިރަށުގެ ރައްޔިތުންގެ ކުރިމަގާ ތަރައްގީއަށް، އެއް ވަނައިން 10 ވަނައަށް ވެސް [ލިޔެވިފައި] އޮތް އެއާޕޯޓު އިރާދަކުރެއްވިޔާ ޔަގީންކަމާއެކު އަޅައިދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މިލަންދޫއަށް ވަޑައިގަތުމުން ރައްޔިތުން މަރުހަބާ ދަންނަވަނީ --

އެއާޕޯޓަކަށް ށ. މިލަންދޫ ރައްޔިތުން ކުރަމުންދާ އިންތިޒާރު ނިމުމަކަށް ގެނެސް، ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

މިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރަވައި، ރައީސްގެ ވާހަކަފުޅު ފެއްޓެވީ ވެސް އެވާހަކައިންނެވެ. ރައްޔިތުން ބޭނުންވަނީ އެންމެ ކަމެއްކަމަށާއި، އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިހާބު ތެރެއިން އެރަށު ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅެއް ވެސް މެއެވެ.

"އަޅުގަނޑު ވައުދު ވަނީ ވައުދު ފުއްދަންކަން އަބަދުވެސް ދަންނަވަން. އެހެންވީމާ މިރަށުގެ ރައްޔިތުންގެ ކުރިމަގާ ތަރައްގީއަށް، އެއް ވަނައިން 10 ވަނައަށް ވެސް [ލިޔެވިފައި] އޮތް އެއާޕޯޓު އިރާދަކުރެއްވިޔާ ޔަގީންކަމާއެކު އަޅައިދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓްގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އެރަށަށް ވެވަޑައިގަތް އިތުރު ވައުދުތައް ވެސް ފުއްދަވައިދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި، އިސްލާމީ މަރުކަޒެއް އެޅުމާއި، ހޮސްޕިޓަލް ތަރައްގީ ކުރުމާއި، މަގުތައް ހެދުމުގެ އިތުރުން އިންޑޯ އަދި އައުޓްޑޯ ސްޕޯޓް ކޮމްޕްލެކްސްއެއް އެޅުން ހިމެނެ އެވެ. އެރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ވެސް ހިންގަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މިލަންދޫއަށް ވަޑައިގަތުމުން ރައްޔިތުން މަރުހަބާ ދަންނަވަނީ --

ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ބާރު ސްޕީޑްގައި ހިންގުމަށް ރައްޔިތުންގެ މަޖިލީސް ވަރަށް މުހިންމު ކަމަށެވެ. މިވީ ތިން މަހު އެކި ގޮތް ގޮތުން އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރަށް ދަތިކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް އެދިވަޑައިގަތީ، ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދިނުމަށެވެ.

"ސަރުކާރެއް ބާރު ސްޕީޑްގައި ގެންދިއުމާ ނުގެންދިއުމުގެ ބާރު މި ރާއްޖޭގަ ކަންކަން ހިނގާ މަގަށް ބަލާއިރު ވަރަށް މުހިންމު ރައްޔިތުންގެ މަޖިލީސް،" ރައީސް ވިދާޅުވި އެވެ.

މިލަންދޫގައި އެއާޕޯޓް އެޅުމަކީ ކުރީ ސަރުކާރުގެ ވެސް ވައުދެކެވެ. ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުގެންދެ އެވެ. އެރަށުގައި އެއާޕޯޓް އަޅަން ނިންމިއިރު، މި ރަށުން ލޯންޗެެއްގައި 15 މިނެޓުން ދެވޭ ފުނަދޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.