ފޯމް ހުށަހަޅައި ޕީއެންއެފް އުފައްދާ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދެފި

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އީސީއަށް ފޯމުތައް ހުށަހެޅުމާއެކު އަވަހަށް ޕާޓީ އުފައްދާ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޕީއެންއެފް އުފައްދަން އިސްކޮށް އުޅޭ ބޭފުޅުން ކުރީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- މި

ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް އިލެކްޝަން ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އީސީއަށް ފޯމުތައް ހުށަހެޅުމާއެކު އަވަހަށް ޕާޓީ އުފައްދާ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޕާޓީ އުފައްދަން 3000 މެމްބަރު ހަމަކުރުމުގެ މަސައްކަތް ނިމިފައިވާތީ، ދެން އަލަށް ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމު ނުފުރާނެ ކަން ވެސް މަލީހް ވަނީ އަންގާފަ އެވެ. 

"އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމް ދެން ޕީއެންއެފްގެ ފަރާތުން ނުފުރާނެ. މިހާތަނަށް ފުރާފައިވާ ފޯމު އެއްމެ ލަސްވެގެން 29 ފެބުރުއަރީ ވާބުރާސްފަތި ދުވަހުގެ ކުރީން ޕާޓީ އޮފީހަށް ހުށަހެޅުއްވުން އެދެން،" މަލީހް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޕީއެންއެފްގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޒެއިން އަބްދުﷲ ޔާމީން ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާން ކުުރާ މުއްދަތުގައި، އެ އަދަދަށް (3060) ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަސާއި މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ ޒެއިން އަބްދުﷲ ޔާމީނަށް ދޭނެ ކަމަށެވެ.

ދިވެހި ސިޔާސީ މައިދާނުގައި އެންމެ ނުފޫޒު ގަދަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް ޔާމީން މިދިޔަ ނޮވެންބަރު މަސްތެރޭ ކުއްލި ގޮތަކަށް ޕީޕީއެމުން ވަކިވެވަަޑައިގެން، ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމަހުގެ 29 ވަނަ ދުވަހު އެވެ. އީސީ އިން ހުއްދަ ދިނުމުން ވެސް ޕާޓީ ރަޖިސްޓް ކުރުމުގެ މަސައްކަތް އެ ވަރަށް ބޮޑަށް މަޑުޖައްސާލި އެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބު ކައިވެފައި ވަނިކޮށް ޕާޓީ އުފައްދަން މިއަދު ހުށަހަޅާފައިވާއިރު، އެ ޕާޓީގެ ފަރާތުން 40 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.