މަންޓާއިން މި ދަތުރު ތަކުގައި ބޭނުން ކުރަނީ ޖާގަ ތަނަވަސް އޭޓީއާރު ބޯޓެކެވެ. މި ދަތުރުތަކަށް ހާއްސަ ކެއުންމެއްވެސް ވަނީ އެ ކުންފުނިން ފަރުމާކޮށްފަ އެވެ.

ދާލު އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް 350 ޑޮލަރު ގާތްގަނޑަކަށް 5,397ރ. އަށް ދެވޭ ގޮތަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.
ދާލުގެ ޓޫރިޒަމް ތަރައްގީކޮށް ފުޅާ ކުރަން މަންޓާ އެއާ އިން ފެށި "ޝެޑިއުލް ޗާޓަރު" ދަތުރުތަކުން ބެންގަލޫރަށް ދާން ބޭނުންވާ ދިވެހިންނަށް ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ވަނީ އަންނަ މަހުގެ އެކަކުން 15 ގެ ނިޔަލަށް 350 ޑޮލަރުގެ ހާއްސަ ފެއާއެއްގައި ޓިކެޓު ވިއްކަން ފަށާފަ އެވެ.
މަންޓާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހާއްސަ ފެއާގެ ސަބަބުން މާލެ ގޮސް ބެންގަލޫރަށް ދާލުގެ ރައްޔިތުންނަށް ދިއުމަށް ގިނަ އެޑްވާންޓޭޖް ހުންނާނެ ކަމަށެވެ. ދެ ގަޑިއިރާއި 50 މިނެޓުން ކުރާ ދާލު-އިންޑިއާ ދަތުރަށް އަރާ މީހުންނަށް ހާއްސަ ކެއުމެއް ވެސް ލިބޭނެ ކަމަށެވެ.
"މި ހިސާބުން [ދާލުން] ގޮސް މާލޭގައި އެންމެ މަދުވެން ދެ ދުވަހު ހުންނަން ޖެހޭނެ. އަނެއްކާ ރަށަށް ދާން އައިސް ވެސް މާލޭގައި މަޑު ކުރަން ޖެހޭނެ. އެހެންވެ މި ހުރިހާ ހަރަދުތަކަށް ބަލާއިރު އެޑްވާންޓޭޖު ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ. "ބޯޓުވެސް ވަރަށް ކޮންފަޓަބަލް ވާނެ. އޭޓީއާރުގައި ފައިދަމާ ލެވޭނެ ޖާގަ އޮންނާނެ. އެހެންވެ ގާތްގަނޑަކަށް ތިން ގަޑިއިރުގެ ދަތުރަކަށް އެކަން އިހުސާސް ނުވާ ކަމަށް ފުރަތަމަ ދަތުރު ކުރި އިންޑިއާގެ ނޫސްވެރިން ވެސް ވަނީ ބުނެފަ."
ހަރަދުގެ އަންދާޒާއެއް - މާލެ ލޯންޗް ޓިކެޓު ކޮޅަކަށް ވިއްކަނީ 400 ރުފިޔާ ވަރަށެވެ. ވައިގެ މަގުން ޓިކެޓެއް ވެސް އުޅެނީ 1،000ރ. ވަރަށެވެ. ކުލީ ކޮޓަރިއެއްގެ އަގަކީ ރެއަކަން އެންމެ ކުޑަކޮށް 600ރ. ވަރެވެ. ކެއުމަށް ދުވާލު މީހަކަށް 500ރ. ވަރު ދާނެ އެވެ. އަދި މިއަށް ވީއައިއޭ-ބެންގަލޫރު ޓިކެޓު ހިމެނުން ބޮޑުތަން މަތިވެގެންދެ އެވެ.
ބަލަ ތިއަށްވުރެ އިތުރު ހަރަދު ކޮށްގެން އަހަރުމެން މާލެ ދަނީ. ގޮސް ދެން ހުރި ހަރަދު ތަކަށް މާގިނަ ލާރި ހޭދަކުރަން ޖެހެ. ކަލޭމެން ނަށް ހަޖަމެއް ނުވޭދޯ މާލެ ނޫން ތަނެއް ތަރައްގީވާތަން ދެކެން. ވަރަށްސަޅި ދަތުރެއް ތީ. ތޭންކްސް ޓް މަންޓާ