ޖެނުއަރީ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ އާއި އޮމާން އާއި އިންޑިއާ އާއި ޗައިނާ އާއި ސިންގަޕޫރެވެ.
މިދިއަ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ތަފާސްހިސާބަށް ބަލާއިރު ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަ ނީ 5.1 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 31 ޕަސެންޓުގެ އިތުރުވުމެކެވެ.
ޖެނުއަރީ މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ އަގު 173 މިލިއަނަށް އަރަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31 ޕަސެންޓް ދަށް ނިސްބަތެކެވެ.
ޖެނުއަރީ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ އާއި އޮމާން އާއި އިންޑިއާ އާއި ޗައިނާ އާއި ސިންގަޕޫރެވެ. އެންމެ ގިނައިން މުދާ ބޭރު ކުރީ ތައިލޭންޑާއި ޖަރުމަނާއި އިނގިރޭސިވިލާތާއި ބަންގްލަދޭޝް އަދި އިންޑިއާ އަށެވެ.