ރިއަލްއެސްޓޭޓަށް މުހިންމު، އެއްމެދު އިމާރާތް ރީޑިވެލޮޕް ކުރުމުގެ ގަވައިދު ނެރެފި

މި ގަވައިދުގެ ބޭނުމަކީ އެއްމެދު އިމާރާތެއް ހަލާކުވެގެން އަލުން ތަޅާލައި ހަދަން ޖެހިއްޖެނަމަ ކަންކަން ކުރާނެ ގޮތް ބަޔާން ކުރުމެވެ.

ހުޅުމާލެ ފްލެޓެއްގެ މަސައްކަތް ކުރަނީ :އެއްމެދު އިމާރާތުގެ ގަވައިދު މިހާރު ވަނީ ނެރެފަ

އެއްމެދު އިމާރާތުގެ ފްލެޓެއް ގަންނަ މީހުން މިހާރު ނަގައިގެން އެތިބީ ބޮޑު ރިސްކެކެވެ. ސަބަބަކީ މި އުސޫލުން ހަދައި ރަޖިސްޓަރީކޮށްފައިވާ އިމާރާތެއެއް ބާވެ ހަލާކުވެ ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން އިމާރާތް ވީރާނާވެއްޖެނަ މިހާރު އަމަލުކުރާން އުސޫލެއް ބުނެދޭނެ ގަވައިދެއް މިހާތަނަށް ރާއްޖެއަކު ނެތެވެ. މިހެންވުމުން އެންމެ ފުޅާކޮށް ތަރައްގީވަމުން އަންނަ ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަނީ ހުރަސްތަކާ މެދުވެރިވެފަ އެވެ. އެކަމަކު، މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިހާރު އާއްމުކޮށްފައިވާ އެއް މެދު އިމާރާތް ރީޑިވެލޮޕް ކުރުމުގެ ގަވައިދާއެކު މި މައްސަލައަށް ހައްލުވެ މި ވިޔަފާރިއަށް ދިރުން ލިބިގެންދާނެ އެވެ. މި ގަވައިދުން އަނާނެ ބަދަލަކީ ކޮބައި ހެއްޔެވެ؟ 

މި ގަވައިދުގައި އޮތީ ކީކޭ ؟ - މި ގަވާއިދުގެ މަގުސަދަކ، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސް ޓަރީކޮށްފައިވާ އިމާރާތެއ،ް
ބާވެ ހަލާކުވުމުގެ ސަބަބުން ، ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން އިމާރާތް ވީރާނާވުމުނ،ް ނުވަތަ އެއްމެދު އިމާރާތުގެ ވެރިފަރާތްތަކުން އެ އިމާރާތުގެ އާބާތުރަ ފިލުވުމުގެ މަގުސަދުގައި ނުވަތަ ޖެހިޖެހިގެން އިންވެގެން ހުންނަ ދެ ސްޓްރާޓާ ސްކީމު އެއްކޮށް އަލުން ޑިވެލޮޕް ކުރުމުގެ މަގުސަދުގައި އެފަދަ އިމާރާތެއް އަލުން ރީޑިވެލޮޕް ކުރުމަށް ޓަކައި ޢަމަލުކުރާނެ
އުސޫލުތައް ބަޔާންކުރުމެވެ. 

އިމާރާތެއް ރީޑިވެލޮޕް ކުރެވޭނެ ހާލަތްތައް

  • 1.އިމާރާތް ރަޖިސްޓްރީ ކުރި ތާރީހުން ފެށިގެން ކޮމްޕްލީޝަން ސެޓްފިކެޓް ދޫކުރާ ތާރީޚުން ފެށިގެން މަދުވެގެން 15 އަހަރުވުން
  • 2.އިމާރާތް ބޭނުން ނުކުރެވޭފަދަ ހާދިސާއެއް ދިމާވެ، ވީރާނާވުން ނުވަތަ އިމާރާތް ބޭނުން ނުކުރުވޭ ފެންވަރުގައި ހުރުން
  • 3.އިމާރާތުގެ ވެރިފަރާތްތަކުން އެ އިމާރާތެއްގެ އާބާތުރަ ފިލުވުމަށް ޓަކައި އިމާރާތް ރީޑިވެލޮޕް ކުރުމަށް ބޭނުންވުން
  • 4.ޖެހިޖެހިގެން އިންވެގެން ހުންނަ ދެ ސްޓްރާޓާ ސްކީމު އެއްކޮށް އަލުން ޑިވެލޮޕް ކުރުމަށް ބޭނުންވުން

މި ގަވައިދުގައިވާ ގޮތުން އެއްމެދު އިމާރާތެއް ރީޑިވެލޮޕް ކުރުމަށ،ް ރީޑިވެލޮޕްމެންޓް ޕްލޭނެއް އެކުލަވައިލައި މާލޭގައިނަމަ މިނިސްޓްރީއަށް އަދި މާލެ ފިޔަވައި އެހެން ރަށެއްގައިނަމަ އެ ރަށެއް ނިސްބަތްވާ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީ އަށް
ހުށަހަޅަންވާނެ އެވެ.  

ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއްމެދު އިމާރާތެއް ރީޑިވެލޮޕް ކުރުމަށް ހުށަހަޅަނީ ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ތަރައްގީކޮށްފައިވާ އިޖުތިމާޢީ ބޯހިޔާވަހިކަމާގުޅޭ އެއްމެދު
އިމާރާތެއްނަމަ އެފަދަ ތަންތަން ރީޑިވެލޮޕްކުރުމަށް ހުށަހަޅާއިރު އަންނަނިވި ކަންކަން ކަށަވަރު ކުރަންވާނެ އެވެ. އެގޮތުން ރީޑިވެލޮޕްކުރުމަށް ހުށަހަޅާ މަޝްރޫޢުން ހައުސިން ޔުނިޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އެންމެހައި ހައްގުތައް ހިމާޔަތްކުރުން އަދި ޔުނިޓުގެ ވެރިފަރާތަށް ބަދަލެއް ދޭންޖެހޭނަމަ އެ ފަރާތަށް ލިބިފައިވާ ހައުސިން ޔުނިޓަށް ކަނޑައަޅައިފައިވާ
ހިއްސާގެ އަދަދުތަކަށް ރިޢާޔަތް ކުރެވޭކަން ކަށަވަރުކުރަން ޖެހެ އެވެ. 

ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދަށުން އެއްމެދު އިމާރާތުގެ ގޮތުގައި އެޕާޓްމަންޓް އެންމެ ފުރަތަމަ ވިއްކައިގެން ހެދީ ހުޅުމާލޭގަ އެވެ. ހުޅުމާލެ ފުރަތަމަ ފިޔަހީގައި ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް (ޕްރެޑް) ކުންފުނިންނެވެ. ޕޫލްއާއެކު ހެދި މި ފްލެޓްތަކަށްފަހު މި ވިޔަފާރިވަނީ ފުޅާ ވެގެން ގޮސްފަ އެވެ. މިގޮތުން ލަގްޒަރީ އަދި މެދުފަންތީގެ ގިނަ އިމާރާތްތަކެއް މިހާރު އަޅާފައިވެ އެވެ. އަދި އަމިއްލަ މީހުންގެ ބިންތައްވެސް މި އުސޫލުން ދަނީ ތަރައްގީ ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.