އުތުރުގައި ހިންގާނީ އިގްތިސާދީ އެންމެ ބޮޑު މަޝްރޫއު: ރައީސް

ރައީސް ވިދާޅުވީ "މޯލްޑިވްސް އިކޮނޮމިކް ގޭޓް އަވޭ" މަޝްރޫއު އަކީ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ކަމަށާ އެ މަޝްރޫއުގެ ނަފާ / މަންފާ އުތުރާއި މުޅި ރާއްޖެއަށް ލިބޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯރަފުށީގައި ވާހަކަފުޅު ދައްކަވަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުނިން "މޯލްޑިވްސް އިކޮނޮމިކް ގޭޓް އަވޭ" ގެ ނަމުގައި އުތުރުގައި ހިންގާ މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ހިންގޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައް،ަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅު ގައި ހއ. ހޯރަފުށީ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "މޯލްޑިވްސް އިކޮނޮމިކް ގޭޓް އަވޭ" މަޝްރޫއު އަކީ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ކަމަށާ އެ މަޝްރޫއުގެ ނަފާ / މަންފާ އުތުރާއި މުޅި ރާއްޖެއަށް ލިބޭނެ ކަމަށެވެ.

އެ މަޝްރޫއު ފެށުމަށް ހުރިހާ ކަމެއް މިހާރު ވަނީ ތަރުތީބު ކުރެވިފައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ކުރީގަ ވީހެން ވާނެ ކަމެއް ނޫން. އެތައް ދުވަހެއް ދިޔައީ މަޝްރޫއު ފެށޭނެ ކަމަށް އުންމީދު ކުރަމުން ކުރަމުން ދިޔައީ. އެހެން ނެެއް ނޫން އަޅުގަނޑުމެންގެ މި ކަންކަން ދާނީ،" އުތުރުގައި އެކި ސަރުކާރުތަކުން ފަށަން މަސައްކަތް ކުރި މަޝްރޫއުތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ބުނި ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ހާއްސަ ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓާއި ރި-އެކްސްޕޯޓަށް ފުރުސަތު ފަހިކޮށްދޭ ކުންފުންޏަކަށެވެ.

ރައީސްގެ ކުރީން މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ތިލަދުންމަތީ އުތުރުބުރީގައި -- އިހަވަންދިއްޕޮޅު ގައި ބަންކަރީންގެ ވިޔަފާރި ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ ކުރިއަށް އޮތް ދެތީން ހަފްތާގެ ތެރޭގައި ބަންކަރީންގެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ ދެ ހަފްތާގެ ތެރޭގައި -- ދެތީން ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ޓޮޕްޓެން ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު ބަންކަރީންގެ ހިދުމަތަށް މި ސަރަހައްދު ވަންނާނެ،"

މިނިސްޓަރު ވިދާޅުވީ އެ ކުންފުންޏާ އެކު ފެށޭ މަސައްކަތުން އެންމެ ލަސް ވެގެން ޖުލައި މަހުގެ ކުރީން އެ ވިޔަފާރި ފެށޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އާމްދަނީ އިތުރުވެ ބޭރުގެ ފައިސާ ލިބުމަށް ވަރަށް ބޮޑު ދޮރެއް ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ. އުތުރުގައި އެތައް ސަތޭކަ ވަޒީފާއެއް އުފެދި ކުދި ވިޔަފާރިތަކަށް ވަރަށް ފަހި ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށެވެ.

އުތުރުގައި ބަންކަރީންގެ ހިދުމަތް ފެށުމަކީ ޒަމާންވީ ދިގު ހުވަފެނެއް ހަގީގަތަކަށް ވުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ދެން ދިގު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށެވެ.

"މިތަނުން ދަތުރުކުރާ ބޯޓް ފަހަރަށް ބަންކަރީންގެ ހިދުމަތް ދެން ދޭން އިރާދަކުރެއްވިއްޔާ ދެތީން މަސް އަޅުގަނޑުމެންނަށް ކުރިއަށް އޮތީ،" ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.