ވާވޭގެ ދެ އެވޯޑެއް މެކްސްކޮމް އަށް

މެކްސްކޮމް އަކީ ވިޔަފާރިކުރާތާ 18 އަހަރު ވެފައިވާ ރާއްޖޭގައި ބޮޑު ކުންފުންޏެވެ. އަދި ރާއްޖޭގައި ވާވޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވެސް މެސްކޮމް އެވެ. މީގެ ކުރީން ވެސް ވާވޭގެ އެކި އެވޯޑްތައް މެކްސްކޮމްއަށް ދީފައި ވެއެވެ.

ވާވޭއިން ދިން ދެ އެވޯޑްގެ ތެރެއިން ބެސްޓް ގްރޯތު އެވޯޑާއި މެކްސްކޮމްގެ ވެރިޔާ ފަޒީލު ހަވާލުވެ ވަޑައިގަންނަވަނީ -- މެކްސްކޮމްގެ ފޮޓޯއެއް

"ވާވޭ" އިން ދޭ ދެ އެވޯޑެއް ރާއްޖޭގެ ޓެކް ދާއިރާގެ ވފިޔަފާރީގައި އިތުބާރު ހޯދާފައިވާ މެކްސްކޮމް ޓެކްނޮލޮޖީއަށް ދީފި އެވެ. މެކްސްކޮމްއަށް ލިބުނީ "އެކްސެލެންޓް ކޮމާޝަލް ޑިވެލޮޕްމެންޓް" އެވޯޑާއި "ބެސްޓް ގްރޯތު" އެވޯޑެވެ.

ބެންކޮކްގައި ބޭއްވި ވާވޭގެ އަހަރީ އިވެންޓްގެ ތެރެއިން މި ދެ އެވޯޑް ޝަރަފުވެރި ކަމާއެކު މެކްސްކޮމްއަށް ދިނީ ވާވޭ އިވެންޓްގައި ހިމެނޭ އެއް ބައި ކަމަށްވާ ވާވޭ ކަނެކްޓްގެ ތެރެއިން ޑޭޓާ ސެންޓާ ފެސިލިޓީ އެވޯޑްސް ސެރަމޮނީގަ އެވެ.

މެސްކޮމްގެ ފަރާތުން މި ދެ އެވޯޑާ ހަވާލުވެ ވަޑައިގަތީ މެސްކޮމްގެ ވިޔަފާރިތަކުގެ ވެރިޔާ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލެވެ.

މެކްސްކޮމް އަކީ ވިޔަފާރިކުރާތާ 18 އަހަރު ވެފައިވާ ރާއްޖޭގައި ބޮޑު ކުންފުންޏެވެ. އަދި ރާއްޖޭގައި ވާވޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވެސް މެސްކޮމް އެވެ. މީގެ ކުރީން ވެސް ވާވޭގެ އެކި އެވޯޑްތައް މެކްސްކޮމްއަށް ދީފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.