ހައްޔަރަށް ނަގައި ބަންދު ކުރި އެ މީހާއަކީ ކުރީން ވެސް ކުށުގެ ރިކޯޑުތައް އޮންނަ މީހެއް ކަމަށް ވެއެވެ.
ފުލުހުން ބަލާ މައްސަލައެއްގެ ތުހުމަތަށް ފުލުސް އިދާރާއަށް ގެންދިއުމުން އެ އިދާރާގައި ގިނަ އިރުވާތީ ހޯލްޑިން ރޫމްގެ ދޮރަށް ގެއްލުން ދިން މީހަކު 15 ދުވަހަށް ބަންދު ކޮށްފިއެވެ.
މި މައްސަލާގައި ބަންދު ކުރީ މ. ފެންނިރު، ހުސެއިން ނަބީލް، 28 އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ.
އޭނާ ބަންދު ކުރި އަމުރުގައި ބުނަނީ އޭނާ ހައްޔަރު ކޮށްފައި ވަނީ އިޖުރާތާ އެއްގޮތަށް ކަމަށާއި، ފުލުހުގައި ގިނަ އިރުވާތީ ރުޅިއައިސްގެން ފުލުސް އިދާރާގެ ހޯލްޑިން ރޫމްގެ ދޮރުގައި ފައިންޖަހައި ގެއްލުން ދީފައުވާ ކަަމާއި އޭނާ އަކީ ކުރީން ވެސް ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ.
ފުލުހުން ގެ ބާރެއް ނެއްވަރު މިހާރުވެސް ފެންނަން ފަށާއިފި!! ގޭންތަކުގެ ބާރު އިނތިހާޔައް ގަދަވަނީ!! މީ ނުރައްކަލުގެ ފެށުން!!