ކުރީ ސަރުކާރުން ދިޔައީ ފަހަށް ރައްކާކުރާ ފަންޑުގެ ޑޮލަރުކޮޅު މާރުކޮށްލާފައި: ރައީސް

ރައީސް ވިދާޅުވީ އެސްޑީއެފް ފަންޑަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން އެކަމަށް ހާއްސަ ބިލެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މިދިޔަ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ގެ ސަރުކާރުން ވެރިކަމުން ފޭބީ ފަހަށް ރައްކާކުރާ ފަންޑު ނުވަތަ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑުގައި ހުރި ޑޮލަރު މާރުކޮށްލާފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ރަސްރަނި ބަގީޗާގައި "އަހާ ފޯރަމް" ގައި ރައީސް ޑރ. މުއިއްޒު މިދިޔަ ސަރުކާރުން އެސްޑީއެފް ފަންޑުގައި ހުރި ޑޮލަރު ކޮޅު މާރުކޮށްލާފައި ހުރުމުން މިހާރު އަލުން އެ ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށާ، މިއާއެކު ފަންޑަށް ގާނޫނީ ބާރު ދޭން ގާނޫނެއްވެސް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ފޮނުވާ ގާނޫނުގެ ގޮތުގައި އެސްޑީއެފް ފަންޑުގެ ގާނޫނު ވަނީ މަޖިލީހަށް ފޮނުވާފަ،" ރައީސް ވިދާޅުވި އެވެ.

2018 އާ ހަމައަށް 200 މިލިއަން ޑޮލަރުހުރި

އެނގިފައިވާ ގޮތުގައި 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު މިހާރު މި ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. 

ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ޑޮލަރުގެ މައްސަލައާ ބެހޭ ގޮތުން އާއްމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން ރައީސް އިގްތިސޯދު ރަނގަޅުވަމުންދާ ވަރަކަށް ޑޮލަރުގެ މައްސަލަ އަށް ހައްލު ވެގެންދާނެ ކަމަށެވެ. އެކަމަކު މިވަގުތު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޖުމްލަ 120 ބިލިއަން ރުފިޔާގެ ދަރަންޏާއި އާއްމު ރައްޔިތުންނަށް ދޭން ޖެހޭ ނުވަ ބިލިއަން ރުފިޔާ ހުރި ކަމަށެވެ. އެ ފައިސާ ދިނުމާއެކު ލޯނުތައް ދެއްކުމާއެކު ތަރައްގީގެ އެހެން މަސައްކަތްތައްވެސް ފެށިގެންދާނެ ކަމަށެވެ. މި ހުރިހާ ކަމެއް ކުރަމުން މި ގެންދަނީ ފައިސާ ޗާޕު ނުކޮށް ކަމަށާ، އެކަމަށް އައިއެފްއެފްފަދަ އިދާރާތަކުން މަރުހަބާ ވެސް ކިޔާފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.