ހަފްތާ 14: 19 ޕޮލިސް ޕޯސްޓް ހުޅުވާ ހިދުމަތް ފަށައިފި

މި 19 ޕޮލިސް ޕޯސްޓުގެ ތެރެއިން ގއ. ކޮނޑޭގައި އިއްޔެ ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓާ އެކު މި ފެބުރުވަރީ މަހު އެކަނިވެސް ނުވަ ރަށުގައި މި ވަނީ ޕޮލިސް ޕޯސްޓު ހުޅުވާފައެވެ.

ސަރުކާރުގެ ހަފުތާ 14 ގައި ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެތިވެ ހިދުމަތް ދޭން ފަށައިފި އެވެ. 

ފުލުހުން ބުނީ މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމުގެ ވައުދުގެ ދަށުން ސަރުކާރުގެ ހަފުތާ 14 ގައި ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެތިވެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

ޑިސެންބަރު މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ޕޮލިސް ޕޯސްޓު ހުޅުވައި ހި ދުމަތްދޭން ފަށާފައިވަނީ ހއ. ފިއްލަދޫ އާއި ހދ. ކުރިންބާއި ހދ. ނެއްލައިދޫ އާއި ށ. ޅައިމަގާއި ނ. ޅޮހީގެ އިތުރުން ނ. ހެނބަދޫ އާއި ނ. މާޅެންދޫ އާއި ނ. މިލަދޫ އާއި ބ. މާޅޮހާއި ބ. ކިހާދޫ އާއި ބ. ކުޑަރިކިލާއި ބ. ހިތާދޫ އާއި ވ. ތިނަދޫ އާއި ވ. ފުލިދޫ އާއި ދ. ހުޅުދެއްޔާއި ތ. ވަންދޫ އާއި ތ. ގާދިއްފުއްޓާއި ލ. މާބައިދޫ އާއި ގއ. ކޮނޑޭ ގައެވެ.

މި 19 ޕޮލިސް ޕޯސްޓުގެ ތެރެއިން ގއ. ކޮނޑޭގައި އިއްޔެ ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓާ އެކު މި ފެބުރުވަރީ މަހު އެކަނިވެސް ނުވަ ރަށުގައި މި ވަނީ ޕޮލިސް ޕޯސްޓު ހުޅުވާފައެވެ.

ފާއިތުވި ޖަނަވަރީ މަހު ހަތް ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައި އެ ރަށްރަށުގައި ފުލުހުން ގާއިމުވެ ތިބެ ހިދުމަތް ދޭންފަށާފައިވެ އެވެ. އަދި ޑިސެމްބަރު މަހު ތިން ރަށެއް ގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ހިދުމަތް ފަށާފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.