ބްރޯޑްކޮމަށް ނުޒޫ އައްޔަނުކުރަން ފާސްކޮށްފި

ނުޒޫގެ ނަމަށް ވޯޓަށް އެހުމުން 34 މެންބަރުންގެ ވޯޓުން ވަނީ އެ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައެވެ.

ޕްރެޒެންޓަރު އައިމިނަތު ނުޒުހާ (ނުޒޫ)

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޕްރެޒެންޓަރު އައިމިނަތު ނުޒުހާ (ނުޒޫ) އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމު ފުރުއްވަމުން ވަޑައިގެންނެވި މެންބަރު، އަހުމަދު ގައިސް އިސްތުފާ ދެއްވުމުންނެވެ. އޭނާ މެންބަރުކަން ދޫކޮށްލެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު އެވެ.

މެންބަރުކަމަށް އަލުން ހުޅުވާލުމުން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފަސް ނަމެއް ރައީސް ސޯލިހް މަޖިލީހަށް ފޮނުވީ ފެބްރުއަރީ 2023 ގެ އެންމެ ކުރީކޮޅެވެ. ރައީސް ސޯލިހްގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ ނުޒޫގެ ނަމެވެ.

ކޮމެޓީން ވަނީ ތިން ނަމެއް ތަޅުމަށް ފޮނުވާފައެވެ. ކޮމެޓީ ލިސްޓް ގައި ވެސް ކުރީގައި އޮތީ ނުޒޫގެ ނަމެވެ.

އެ މައްސަލަ ނުނިމި ދިގުލައިގެން ގޮސްފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ބްރޯޑްކޮމަށް މެންބަރަކު އައްޔަނު ކުރުމުގެ މައްސަލައަށް ވަނީ ގޮތް ނިންމާފައެވެ. ނުޒޫގެ ނަމަށް ވޯޓަށް އެހުމުން 34 މެންބަރުންގެ ވޯޓުން ވަނީ އެ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައެވެ.

ނުޒޫ އަކީ ހަބަރާއި ޕްރަގްރާމްތައް ހުށައެޅުމުގައި އާންމުންގެ މެދުގައި މަގުބޫލު ފަރާތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.