"މަޑަވެލީގެ ބިން ހިއްކައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން"

އަދި، އެރަށުގައި އޭޓީއެމްއެއް ނެތުމުން ހުރި ދަތިތައް ހައްލުކޮށްދިނުމަށް އޭޓީއެމްއެއް ވެސް ބަހައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ގދ. މަޑަވެއްޔަށް ވަޑައިގަންނަވަނީ: އެރަށޫން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންވާފައި --

ގދ. މަޑަވެލީގައި ބިން އިތުރުކޮށް، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު މަޑަވެއްޔަށް ވަޑައިގެން ރައީސް ވަނީ އެރަށު ކައުންސިލާ ބައްދަލުކޮށް، ރަށަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން އޮޅުންފިލުއްވާފަ އެވެ. އެ ބައްދަލުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ ބިން ހިއްކާނީ ފަންނީ ކަންކަން ވެސް ބެލުމަށްފަހު، ދުރު ރާސްތާގައި ވެސް ރަށަށް ފައިދާވާނެހެން ކަމަށެވެ.

އެރަށުން ގޯތި ނުދޭތާ އެތަކެއް އަހަރުވެފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ބިން ހިއްކައި ނިމުމުން ގޯއްޗާއި އަދި ހައުސިން ޔުނިޓްތައް ވެސް އަޅައިދެއްވާނެ ކަމަށެވެ. 

"ގެދޮރުވެރިކަމަކީ ގައުމީ މައްސަލަތައް ނަގާފަ އަޅުގަނޑުގެ ދެން އޮތް އެންމެ ބޮޑު ވައުދު. އެހެންވީމަ އެކަމުގަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަބަދު ވެސް މިދޭ ޔަގީންކަމުގަ، މިރަށުގެ ރައްޔިތުންނަށް ވެސް ދަންނަވާލަން އޮތީ އެކަން އިރާދަކުރެއްވިއްޔާ ދާއިމަށް ހައްލު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަނދަރު ވެސް ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަންކަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށާއި، އޭގެ ކުރިން ވެސް ކުރެވެންޏާ އެ އޮންނަ އުސޫލުގެ ތެރެއިން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މިއަދު މަޑަވެލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ --

އަދި، އެރަށުގައި އޭޓީއެމްއެއް ނެތުމުން ހުރި ދަތިތައް ހައްލުކޮށްދިނުމަށް އޭޓީއެމްއެއް ވެސް ބަހައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް، ކެބޯޓްރީގެ ހިދުމަތް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެންމެ އަވަހަށް އަޅާ މިސްކިތްތަކުގެ ތެރޭގައި އެރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އަދި، ރަށުގެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ސްކޫލުގެ ޖާގަ އިތުރުކޮށްދެއްވާނެ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި އެކަން ވެސް ހިމަނުއްވާނެ ކަމަށާއި، ނަމަވެސް އެނޫން ގޮތަކަށް އަވަހަށް ކުރެވެންޏާ އެންމެ އިސްކަމެއް ދީގެން އެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަޑައިގަންނަވަމުން ގެންދަވަނީ ގދ. ގެ އަތޮޅުތަކަށެވެ. އެމަނިކުފާނު މިހާރު ހުންނެވީ އެ އަތޮޅު ތިނަދޫގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.