ގޭގައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ އިފުތިތާހު ކޮށްދެއްވައިފި

އާމްދަނީ ހޯދަން ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ.

މެޑަމް ސާޖިދާ މުހައްމަދު

އާމްދަނީ ހޯދަން ގޭގައި އުފައްދައި ބަންދު ކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިފުތިތާހު ކޮށް ދެއްވައިފި އެވެ. އެކަމަނާ މި ލޯގޯ އިފުތިތާހު ކޮށްދެއްވާފައި ވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފުލާއެއްގަ އެވެ.

އެ ހަފުލާގައި އެކަމަނާ ވިދާޅުވީ މިއަދު އިފުތިތާހު ކޮށްދެއްވި ލޯގޯ އާއެކު ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާ ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. ހާއްސަކޮށް އަންހެނުންގެ ވިޔަފާރިތަކަށް ފައިދާ ލިބިގެންދާނެ ކަމަށެވެ.

ލޯގޯގެ މަގުސަދުތަކުގެ މައްޗަށް އަލިއަޅުވާލައްވާ އެކަމަނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެތަކެތީގެ ރައްކާތެރި ކަމާމެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.

މި ލޯގޯ ތައްޔާރުކުރުމުގެ މަސައްކަތް ބީސީސީން އިސްވެ ފުޑް އެންޑް ޑުރަގް އޮތޯރިޓީއާއެކު ކުރުމަކީ އާމްދަނީ ހޯދަން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ފައިދާ ކުރާނެ ކަމެއްކަމަށަ ވެސް އެކަމަނާ ވިދާޅުވި އެވެ.  

އެކަމަނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ގާނޫނަކަށްވެ އެ ގާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގެންފަ އެވެ. 

އާމްދަނީ ހޯދަން ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ. އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލެއް ބީސީސީން މިހާރު ވަނީ ގެޒެޓް ކޮށްފަ އެވެ.

ކޮމެންޓް

1
450
ފާއިޒު
6 months ago

އަޅެފަހެ ތިޔަ ލޯގޯ ގެ ފޮޓޮ އެއް ޖެހި ނަމަ ތާ އެނގޭ ނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.