އައްޑޫ ބްރިޖް ޑިޒައިނާއި ސާވޭ އެއްބަސްވުމުގައި ސޮއި އަޅައިފި

ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ މެނިފެސްޓޯގައިވެސް މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އަޅަން ނިންމާ އެކަން ހިމަނާފައި އޮތެވެ.

އައްޑޫ ބްރިޖް އެޅުމުގެ ޑިޒައިނާއި އެހެން ސާވާތޭތަކުގެ މަސައްކަތް ކުރުން އަރަބް ކޮންޓްރާސްއާއެކު ސޮއިކޮށް ދައްކާލަނީ

އައްޑޫ ހުޅުމީދު އާއި ހިތަދޫ ގުޅުވައިދޭ އައްޑޫ ބްރިޖްގެ ޑިޒައިނާއި ސާވޭގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. 

ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު އައްޑޫ ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް ހަވާލު ކުރީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ. އެއްބަސްވުމުގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި އިންފްރާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އެންޑް އަހުމަދު އޮސްމާން އެންޑް ކޯގެ ފަރާތުން ސޮއި ކުރެއްވީ ބޯޑް މެމްބަރު އިންޖިނިއާ، ހިބާ އަހްމަދު އަބޮއެލަލަ އެވެ. 

މި ކުންފުނިން ބްރިޖުގެ ޑިޒައިނާއެކު އީއައިއޭ އާއި އެނަލިސް އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ހަދާނެ އެވެ. އައްޑޫ ބްރިޖް އަޅަން ބޭނުންވާ ސާވޭތައް އެ ކުންފުނިން ހަދައި ދެނީ ހިލެ އެވެ. އެކަމަށް ދެމިލިއަން ޑޮލަރު ހޭދަވެ އެވެ. މި ސާވާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ މެނިފެސްޓޯގައިވެސް މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އަޅަން ނިންމާ އެކަން ހިމަނާފައި އޮތެވެ. މިދިއަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ލެއްވޭ ގޮތް ނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓަކަށް ވެވަޑައިގެން ވެސް އެ ވައުދު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

އަރަބް ކޮންޓްރެކްޓާސް ކުންފުންޏަކީ 1955 ވަނަ އަހަރު އުފަންވި ކުންފުންޏެކެވެ. އެ ކުންފުނިން މެދުއިރުމައްޗާއި ޔޫރަޕު އަދި އޭޝިއާގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ. ޔޫރަޕުގެ ކޮސޯވޯ އާއި ބޮސްނިޔާ އަދި ޕޯލެންޑުގައި ވެސް މަޝްރޫއުތައް ހިންގަ އެވެ. ގިނަ އަދަދެއްގެ ބްރިޖުގެ މަސައްކަތް ކުރަމުން ގެންދާ ކުންފުންޏެކެވެ. އެފްރިކާ ބައްރުގައި ބްރިޖެ އެޅުމުގެ މަސައްކަތްތަކުގައި އެންމެ ގާބިލް އެއް ކުންފުންޏެވެ. ދުނިޔޭގެ ރިކޯޑްފޮތުން ޖާގަ ހޯދާފައިވާ "ތަހްޔާ އަލް މިސްރް" ބްރިޖަކީ ވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެޅި ބްރިޖެކެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫ ބްރިޖުގެ ސާވޭ ހަދަން 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.